އެސްޓާސްއިން އައިފޯން އެކްސް ވިއްކަން ފަށައިފި

ދުނިޔޭގެ މަޝްހޫރު އަދި އަގުބޮޑު އެޕަލް ކުންފުނިން ބާޒާރަށް އެންމެ ފަހުން ނެރުނު އައިފޯން އެކްސް އެސްޓާސް އިން ވެސް ވިއްކަން ފަށައިފި--- ސަން ފޮޓޯ/ ފަޔާޒް މޫސާ

މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯންގެ އެންމެ ފަހުގެ އުފެއްދުން "އައިފޯން އެކްސް" ނުވަތަ "އައިފޯން 10" އެސްޓާސްއިން ރާއްޖޭގެ ބާޒާރަށް ނެރެ، ކަސްޓަމަރުންނަށް ވިއްކަން ފަށައިފި އެވެ.

އެސްޓާސް ފިހާރައިން އައިފޯން އެކްސްގެ 64 ޖީބީގެ ފޯނު 22،850 ރުފިޔާއަށް ވިއްކާ އިރު 256 ޖީބީގެ ފޯނު ވިއްކަނީ 26،450 އަށެވެ.

އެ ފިހާރައިން އިންސްޓޯލްމަންޓަށް ފޯނު ވިއްކުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހެއެވެ. އެގޮތުން 64 ޖީބީގެ ފޯނެއް އިންސްޓޯލްމަންޓަށް 12 މަސް ދުވަހަށް ބަހާލައިގެން ދައްކަން ޖެހެނީ 1969.20 ރުފިޔާ އެވެ. އަދި 256 ޖީބީގެ ފޯނެއް އިންސްޓޯލްމަންޓަށް 12 މަސް ދުވަހަށް ބަހާލައިގެން ދައްކަން ޖެހެނީ 2366.34 ރުފިޔާ އެވެ.

comment ކޮމެންޓް