ދަތްތައް ހުދު ކުރާނީ ކިހިނެއް؟

ދަތްތަކަކީ އިންސާނާގެ ސާފުތާހިރުކަން ދައްކުވައިދޭ އެއްޗެއް---

ދަތްތަކަކީ އިންސާނާގެ ސާފުތާހިރުކަން ދައްކުވައިދޭ އެންމެ މުހިއްމު އެއް ގުނަވަނެވެ. ތިބާ އަނެކާއާ ކުރިމަތިލާ އިރު އެންމެ ފުރަތަމަ ވެސް ފާހަގަކުރެވިދާނޭ އެއް ގުނަވަނަކަށް ދަތްޕިލާ ވެދާނެއެވެ. ހިނިތުންވުމާ އެކީ މީހުންނާ މުއާމަލާތް ކުރުމަށް ދަތްތައް އިސްރޯލެއް އަދާކުރެއެވެ.

އެހެންކަމުން ރީތި ހުދު ދަތްޕިލައެއް ކޮންމެ މީހަކަށްވެސް ހަމަ ވަރަށް މުހިއްމު ވާނެއެވެ. ދަތްތައް ހުދު ކުރާނީ ކިހިނެއް؟

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ

ދަތްތައް ސާފުތާހިރުކޮށް ހުދުކޮށް ބަހައްޓަން ބޭނުންވާނަމަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ޖެހެއެވެ. ދުންފަތުގައި ހިމެނޭ ނުރައްކާތެރި ބާވަތްތަކުގެ ސަބަބުން ދަތްތައް ހަޑިކޮށްލައެވެ. ދަތްތައް ރީނދޫވެ، ދަތްތަކުން އޮފްކަން ނައްތާލަދެއެވެ.

ކާށި ތެޔޮ ބޭނުންކުރުން

ކާށި ތެލަކީ ދަތްތަކަށް ވެސް ރަނގަޅު ފަރުވާ އެކެވެ. ކާށި ތެލާއި ފެނާ އެއްކޮށްލުމަށްފަހު އަނގަތެރެ ސާފުކޮށް ދޮވެލުމަކީ ވެސް ދަތްޕިލާ ހުދުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ސިއްރެކެވެ. ދަތް އުނގުޅާ ވަގުތުތަކުގައި ބުރުހުގައި ކުޑަ ކާށި ތެޔޮ ފޮދެއް ހާކާލުމަށްފަހު ދަތް އުނގުޅުމަކީ ވެސް ދަތްތަކަށް ލިބޭ ފަރުވާ އެކެވެ.

ބޭކިންގް ސޯޑާ ބޭނުންކުރުން

ދަތް އުނގުޅަން ބޭކިންގް ސޯޑާ ބޭނުންކުރުމަކީ ދަތްތައް ވަރުގަދަ ކޮށްދީ ސާފުކޮށްދޭ ކަމެކެވެ. އެކަމުގެ ސަބަބުން ދަތްތަކުގައި ހުންނަ ބެކްޓިރިއާ ތަކުން ސަލާމަތްކޮށްދެއެވެ. ބޭކިންގް ސޯޑާ ބޭނުންކުރުމަކީ ދަތްފަނި ކެއުމުންވެސް ސަލާމަތްކޮށްދޭ ކަމެކެވެ.

މައުލޫމާތު: ހެލްތް ލައިން

comment ކޮމެންޓް