ވީމީޑިއާގެ ޚަރަދު ކުޑަކުރުމަށް 15 މުވައްޒަފަކު ވަކިކޮށްފި

ވީޓީވީ ހިންގާ އިމާރާތް: ވީމީޑިއާއިން ވަނީ ހަރަދު ކުޑަކުރުމަށް 15 މުވައްޒަފަކު އެއްފަހަރާ ވަކިކޮށްފަ ---ސަން ފޮޓޯ

ވީ މީޑީއާގެ ޚަރަދުތައް ކުޑަކޮށް އެތަން ރީ ސްޓްރަކްޗާ ކުރުމުގެ ގޮތުން އެއްފަހަރާ 15 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ވީމީޑިއާގެ ފައުންޑާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ދަށުން ހިންގަމުންދާ ވީ މީޑީއާގައި ވީޓީވީ، ވީއެފްއެމް، ވީ އޮންލައިން، އަދި ވީކްލީ މެގަޒިނެއްގެ އިތުރުން މިއަދު ނޫސް ވެސް އޮވެއެވެ. އަދި އެ ފަސް މީޑީއާ ހިންގުމުން ދަނީ 72 މުވައްޒަފުންނާ އެކުއެވެ.

ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެއްފަހަރާ 15 މަވައްޒަފުން ވަކިކުރަން ޖެހުނީ ޚަރަދު ކުޑަކުރުމަށް ކަމަށާއި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ އަށް އަންނަ ލޮޅުމުގެ އަސަރު ވީމީޑިއާއަށް ވެސް ކުރަމުންދާނެ ކަމަށެވެ.

"ހަމަ ކަނޑާލަނީކީ ނޫން އިގޭތޯ. ވަޒީފާއިން ވަކިކުރި ނަމަވެސް އެމީހުނަށް ދޭން ޖެހޭ އިނާޔަތްތަކާ އެހެނިހެން އެއްޗެހި ވެސް ދީފަ އޫސުލުގެ ތެރެއިން ގަވާއިދާ އެއްގޮތަށް އިގޭތޯ ވަކިކުރާނީ،" މޮންދު ވިދާޅުވިއެވެ.

ވީމީޑިއާއިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި މިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް