80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އޭސްއިން ފަށައިފި

އޭސް ހާޑްވެއާގެ ހަ ވަނަ އަހަރީ އާއި ގުޅުވައިގެން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށައިފަ---

އޭސް ހާޑްވެއާގެ ހަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

އޭސް އިން ބުނީ އެ ކުންފުނީގެ ފިހާރަތަކަށް ޒިޔާރަތްކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ނަސީބުން ލިބޭ ޑިސްކައުންޓު "ސްޕިން ދަ ވީލް ޑިސްކައުންޓް" ސިސްޓަމް އިން ވެސް އިތުރު ޑިސްކައުންޓު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޭސް ހާރޑްވެއާގެ ފިހާރަތަކުން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 14 އާ ހަމައަށް، 100 ރުފިޔާގެ ޑިސްކައުންޓު ކޫޕަން ލިބޭނެ ކަމަށާއި މިކޫޕަން ބޭނުން ކުރުމުގެ ފުރުސަތު ޑިސެމްބަރު 15 އިން 31 އަށް ހުޅުވާލެވޭނެ ކަމަށްވެސް އޭސް އިން ބުނެއެވެ.

އަދި "ހެޕީ އަވަރ ޑިސްކައުޓް"ވެސް މަހުގެ މެދުތެރޭގައި ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މުޅި މަހަށް ޙާއްސަކޮށް ބާއްވާ މި ޕްރޮމޯޝަންގައި ފޭސްބުކް ލައިކް އެންޑް ކޮމެންޓްގެ ނަމުގައިވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގެ ނަސީބުވެރި ފަރާތަކަށް މެލޭޝިއާ ދެ ދެކޮޅު ޓިކެޓް ލިބިގެން ދާނެކަމަށް އޭސް އިން ބުނެއެވެ.

މީގެ އިތުރުން އޭސް ހާރޑްވެއާރގެ ފިހާރަ ތަކުގައި އިންސްޓަގްރާމް ސެލްފީ ކޮންޓެސްޓެއް ވެސް ބާއްވާނެ ކަމަށާއި މި ސެލްފީ ކޮންޓެސްޓްގައި ބައިވެރިވުމަށް ފަހު ފޮޓޯ އަޕްލޯޑް ކޮށް #ހެޕީސިކްސްވިތްއޭސް ޖަހައި، އެންމެ ގިނަ ލައިކް ލިބޭ ފަރާތަކަށް ޙާއްސަ އިނާމެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަވަނަ އަހަރީ ދުވަހާ ގުޅިގެން މިމަހުގެ ކޮންމެ ހަފްތާ ބަންދެއްގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޭސް އިން ވަނީ ނިންމައިފައެވެ.

އެމެރިކާގެ މަޝްހޫރު އޭސް އިންޓަނޭޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ރާއްޖޭގައި އޭސް ހާޑްވެއާގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2011 ވަނަ އަހަރުއެވެ.

comment ކޮމެންޓް