ޔޫޓިއުބުން ވެސް "ސްނެޕްޗެޓް ސްޓޯރީ" ކޮޕީ ކުރަނީ؟

ސޯޝަލް މީޑިއާ ނެޓްވޯކް ސްނެޕްޗެޓް އާންމު ވުމާ އެކު އެންމެ ފާހަގަކުރެވުނީ ސްނެޕްޗެޓްގައި ހިމެނޭ، އާންމުންގެ މަގުބޫލުކަން ލިބެމުންދާ ފީޗާތައް، ސޯޝަލް މީޑިއާގެ އެހެން ވިއުގަތަކުން ނަކަލު ކުރަން ފެށިތަނެވެ.

ސްނެޕްޗެޓްގައި ހިމެނޭ "ސްޓޯރީ" ފީޗާ އަކީ އެހެން ސޯޝަލް ނެޓްވޯކްތަކަށް އެންމެ ކަމުދޮޔަ ފީޗާ ކަމަށް ބެލެވެ އެވެ. މި ފީޗާ ކޮޕީ ނުކުރާ އެޕްލިކޭޝަނެއް މަދެވެ. އެގޮތުން ފޭސްބުކް، ފޭސްބުކް މެސެންޖާ، އިންސްޓަގްރާމް އިން ވަނީ މި ފީޗާ ކޮޕީކޮށްފަ އެވެެ. މި ލިސްޓަށް ވައިބާ ވެސް އިތުރުވާނެ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް ޔޫޓިއުބް އިން މިވަނީ، ސްޓޯރީސް ފީޗާ އެ އެޕްލިކޭޝަނުގައި ހިމެނުމަށް ނިންމައިފަ އެވެ.

އެގޮތުން ސްޓިކާ، ފިލްޓާ އަދި ޓެކްސްޓާ އެކު ސްލައިޑްޝޯއެއް ގޮތަށް ޔޫޓިއުބުން މިފަދަ ފީޗާ އެއް ތައާރަފްކުރާނެ ކަމަށް އެ އެޕްލިކޭޝަން އިން ވަނީ މިދިޔަ ބުދަ ދުވަހު ބުނެފަ އެވެ.

ޔޫޓިއުބްގެ މި ފީޗާގައި ހިމަނާ ވީޑިއޯތައް އެކްސްޕަޔާ ނުވާނެ ކަމަށާއި މިފަދަ ފީޗާއެއް ތައާރަފްކުރަނީ ޔޫޓިއުބް އަށް ވީޑިއޯ އަޕްލޯޑު ކުރާ މީހުން، ދިގު ވީޑިއޯ އެއްގެ ބަދަލުގައި ކުރު ވިޑިއޯއެއް އަޕްލޯޑު ކުރަން ބޭނުންވެދާނެތީ އެކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.

އެހެން އެޕްލިކޭޝަންތަކުގައި ސްޓޯރީސް އަށް އަޕްލޯޑުކުރާ ފޮޓޯތައް 24 ގަޑިއިރު ތެރޭ ފޮހެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު