ވަޅުލާފައި ހުރި މަސްތުވާތަކެތި ހުޅުމީދޫ އިން ފުލުހުން ހޯދައިފި

ޕެކްޓްކޮށް، ރައްކާކޮށްފައި ހުރި މަސްތުވާތަކެތި ސ. ހުޅުމީދޫ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ވަޅުލައިފައި ހުއްޓާ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ސިލްސިލާކޮށް ހިންގަމުންދާ އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައި ހުރި 20 ޕެކެޓް ފެނުނީ ރޭ ހުޅުމީދޫ ވިނަމާގެ ކައިރީ މަގުމަތީގައި ވަޅުލާފައިހުއްޓައި ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލާގައި އަދި އެވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

މިދިޔަ މަހު ތެރޭގައި އެސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި ވެސް ހުޅުމީދޫ އިން ހަތަރު މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 80 ޕެކަޓާ އެކު އަށް މީހަކު ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރަށުގައި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކާ އެކު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 20 ލިޓަރުގެ ހަމަކާ އެކު 500 އެމްއެލްގެ ފަސް ފުޅިއެއްގެ އިތުރުން ހަތަރު ލިޓަރުގެ ފުޅިއަކާ އެކު ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު