އެއް ލައްކަ ކަޕްގެ ގުރުނަގައިފި

ހއ. ދިއްދޫގައި ބާއްވާ އެއް ލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން : އެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާނެ ---

ހއ. ދިއްދޫގައި ބާއްވާ އެއް ލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނަގައިފި އެވެ.

އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ދިއްދޫ އުތުރު ސްޓޭޖުގަ އެވެ. އެ މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިސްނެންގެވުމާ އެކު ދިއްދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް އެ ރަށުގައި ބާއްވާ މުބާރާތެކެވެ.

ހއ. ދިއްދޫގައި ބާއްވާ އެއް ލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން : އެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާނެ ---

އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ ޖާޒީތައް ދައްކާލުމާއި ދިއްދޫގެ ރިއަލް ޓީ ސްޕޯޓްސް ކްލަބަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރުން ކުރިއަށްދިޔަ އެވެ. އެ ކްލަބަށް ސައުންޑް ސިސްޓަމް ހަދިޔާ ކުރެއްވީ މުބާރާތުގެ ބާނީ ލަތީފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، އެއްލައްކަ ކަޕަކީ ދިއްދުއަށް އަންނަ އިޖުތިމާއީ އަދި ކުޅިވަރުގެ އީދެއް ކަމަށާއި މިފަދަ މުބާރާތެއްގެ ސަބަބުން ދިއްދޫގެ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބި ކުޅިވަރުގެ މައިދާނުގައި ދިއްދޫ ޒުވާނުންނަށް އިތުރު ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ހއ. ދިއްދޫގައި ބާއްވާ އެއް ލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން : އެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާނެ ---

މިފެށޭ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ލީގު އުސޫލުން ކުޅޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ލީގުގެ ތިން ވަނަ ޓީމެވެ. އެ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ދެ ވަނަ މެޗުން މޮޅުވާ ޓީމެވެ.

މިއީ އެއް ލައްކަ ކަޕް ބާއްވާ ހަތަރު ވަނަ ފަހަރެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވެ އެވެ.

އެއް ލައްކަ ކަޕްގައި ވާދަކުރާ ޓީމުތައް:

  • ބާރަލާ އެސްސީ
  • އެޗްއެން އެސްސީ
  • ބީއެކްސް އެސްސީ
  • ނާޑް އެސްސީ
  • ޑީޓީބީ އެސްސީ
  • އައްސޭރި އެފްސީ
  • ރިއަލް ޓީ
comment ކޮމެންޓް