ގަމުންދާ ދިވެހީންނަށް ނަވަލޯކާ ހޮސްޕިޓަލުން ޑިސްކައުންޓްތަކެއް!

ކޮލަމްބޯގައި ހުންނަ ނަވަލޯކާ ހޮސްޕިޓަލް

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާ އަށް ބޭސްފަރުވާ އަށް ދާ ދިވެހިންނަށް އެ ގައުމުގެ ނަވަލޯކާ ހޮސްޕިޓަލުން ޚާއްސަ ޑިސްކައުންޓްލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްރީލަންކަން އެއާލައިންސް އާއި ނަވަލޯކާ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ ނަވަލޯކާ ހޮސްޕިޓަލުން ޚިދުމަތް ހޯދަން ދާއިރު އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާ އަށް ދަތުރު ކުރި ޓިކެޓާއި ބޯޑިން ޕާސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމުންނެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެމްއާރް އައި، ސީޓީ ސްކޭން (ބްރެއިން ސްކޭން ނުހިމަނާ)، މެމޯގްރާމް، ފައިބްރޯސިސް ސްކޭން، ލެބޯޓްރީ ޚިދުމަތްތައް، ރޫމް ޗާޖް، އަދި ޕްރިމިއާ ސެންޓަރުގެ ހިދުމަތުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާޗްމަހުގެ ނިޔަލަށެވެ.

ނަވަލޯކާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ފަރުވާ ހޯދާ ބަލި މީހުންނަށް ވެސް ޚިދުމަތް ދެއެވެ. މީގެ އިތުރުން ދިވެހިންނަށް ޚާއްސަ އިންކަމެއް ދީ، ރާއްޖޭގައި ތިބި އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް އީމެއިލް މެދުވެރިކޮށް ރިޕޯޓްތައް ފޮނުވާނެއެވެ.

ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ ނަވަލޯކާ ހޮސްޕިޓަލަކީ ދިވެހިންގެ މެދުގައި މަގުބޫލު ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލާ ގުޅިގެން ސްރީލަންކަން އެއާލައިންސް ވަނީ މި މަހުގެ ތެރޭ އައްޑޫގައި ޚާއްސަ މެޑިކަލް ކޭމްޕެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް