ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ހިމާޔަތްކޮށްފައިވާ ދޫންޏެއް މިހަކު ހިފާފައި.

ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ވައްތަރުގެ ދޫނި ރާއްޖެ އަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެ ދޫނިތަކަކީ ހިމާޔަތްކޮށްފައިވާ ދޫންޏަށްވާ އިރު އެފަދަ ދޫނިތައް ހިފައި ގޯނާކުރާކަން ފާހަގަކުރެވޭ ކަމަށް ވެސް އީޕީއޭ ގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތައް "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު" އާއި "ދިވެހިރާއްޖެ އަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވައިދު"ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް އީޕީއޭ އިން ބުނެއެ ވެ.

ގަވައިދުގައި ބުނާ ގޮތުން ފަދަ ފަރާތްތައް 501 ރުފިޔާ އިން ފެށިގެން 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް