ދިވެހި ތާރީހު ހިމާޔަތް ކުރުމަށް މަރުދޭ ޒުވާނެއް!

ޒަމީރު މަސައްކަތުގައި: އޭނާއަށް ވަނީ ގައުމީ ތަރިކައިގެ ދާއިރާއިން؛ ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

ޒަމީރާ ފުރަތަމަ ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ރާއްޖެ އިސްލާމްވީ ދުވަހާ ދިމާކޮށް ތައްޔާރުކުރަން އުޅުނު ރިޕޯޓެއްގެ މައުލޫމާތު ހޯދަން ދާރުލް އާސާރަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ދުވަހު ވެސް އޭނާގެ މައުލޫމާތައި ހުނަރު ފެނުނެވެ.

ރާއްޖޭގެ ތާރީހަށް އޭނާ ފަރިތަ އެވެ. ރަސް ރަސް ކަލުންގެ ދިގު ނަންނަތައް އޭނާ ވިދަޅުވަނީ އެއްވެސް އައިބު ކަމެއް ނެތި އެވެ. ޒުވާން އުމުރުގައި އޭނާގެ ހުނަރު ފެނިި، ތާރީހަށް ޝައުގުވެރިކަން ހުންނަ މީހެއްގެ ހައިސިއްޔަތުން އޭނާގެ މަސައްކަތާ މެދު ފަޚުރުވެރިވި އެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށްވަނީ ޤައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

އަނެއްކާ ވެސް މިއަދު ޒަމީރު ހާއްސަ ވެގެން މިދަނީ ޒުވާން އުމުރުގައި އޭނާ ހޯދި ހާއްސަ އިނާމާ އެކު އެވެ. ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން އޭނާ ވަނީ މި އަހަރު ހިތްވަރު ދިނުމުގެ އިނާމް ހޯއްދަވައިފަ އެވެ. މިއީ މިދާއިރާއިން އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަން އޭނާ ގަބޫލު ކުރެ އެވެ.

ޅ. ކުރެންދުއަށް އުފަން ޒަމީރު ތައުލީމް ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އޭރު ވެސް ތަރީހާއި ތަރިކައަށް ހުރި ޝައުގުވެރިކަމެއްގެ ތެރެއިން ކިޔަވާ ވިދާޅުވީ އާޓް ސްޓްރީމެވެ. އޭނާ މަތީ ތައުލީމް ހާސިލު ކުރެއްވީ މޯލްޑިވްސް ޕޮލި ޓެކްނިކުންނެވެ. އެ އިދާރާގައި ހިންގި ޑިޕްލޮމާ އިން އާކިޓެކްޗާ ކޯހުގައި ބައިވެރިވެވަޑައިގެން، އެނާ ވަނީ އެ ކޯސް ފުރިހަމަކުރައްވައިފަ އެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށް ވަނީ ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

ޒަމީރުގެ ފުރަތަމަ ވަޒީފާއަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރިސާޗު އޮފިސާ (ޓްރޭނީ)ގެ ވަޒީފާ އެވެ. އެ ވަޒީފާއަކީ ތާރީހަށް ހިދުމަތްކުރުމަށް ފެންބޮވައިގެންފައި ހުންނެވި ޒަމީރަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. ޒަމީރު އެ އިދާރާގައި މަސައްކަތް ފެއްޓެވީ ހަތަރު ވަނަ ގިއަރުގަ އެވެ. އޭނާގެ މަސައްކަތަށް ފާޑު ނުކިޔޭވަރަށް އޭނާގެ މަސައްކަތް "ފާޑު"ވެރިވެފައި މޮޅެވެ.

"ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ވަޒީފާ ލިބުނު ހިސާބުން ފެށިގެން ތާރީޚާއި ތަރިކައަށް އޮތް ޝައުގުވެރިކަން އިތުރަށް ބޮޑުވެގެން ދިޔަ. އޭރު މަސައްކަތް ކުރީ ތާރީޚާ ބެހޭ ސެކްޝަންގައި. އޭރު ކުރި މަސައްކަތަކީ އާޘާރުތަކާބެހޭ ތާރީޚީ މަޢޫލާމާތާ ހޯދުން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށް ވަނީ ޤައުމީ ތަރިކައިގެ ދާއިރާއިން؛ ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

ތާރީހީ ތަރިކައިގެ ތެރޭގައި ހިމެނޭ އެކިއެކި ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން އެނާ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ސީދީ މިސްކިތުގެ ގިބްލަ ހިލައިގެ އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. އެއީ 2002 ވަނަ އަހަރު އެވެ. ނަމަވެސް ހަގީގަތުގައި އެ ދާއިރާއަށް ލޯހުޅުވި ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވީ އެންމެ "ތަރުތީބު" ގޮތް އެނގިގެން ދިޔައީ ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިންނެވެ.

"އެންމެ ހާއްސަ މަސައްކަތަކީ އިންޑިއާގެ ލަކްނޫގެ ތަޖުރިބާކާރު ޓީމަކާ އެކު 2004 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫޢު. އެއީ ގައުމީ ތަރިކައިގެ ދާއިރާއަށް އަޅުގަނޑުގެ ލޯ ހުޅުވިގެން ދިޔަ ބައިނަލްއަގުވާމީ ފެންވަރުގެ މަސައްކަތެއް،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށް ވަނީ ގައުމީ ތަރިކައިގެ ދާއިރާއިން؛ ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

އެ މަސައްކަތަށް ފަހު ޒަމީރުގެ މޭސްތިރިކަމުގެ ދަށުން 2008 ވަނަ އަހަރު ވަނީ ކަޅުވަކަރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށްފަ އެވެ. އަދި އދ. އަތޮޅުގެ ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމާއި މާލޭ ހުކުރު މިސްކިތު ގަބުރުސްތާނު ގާތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުވުނީ ވެސް ޒަމީރުގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ އެހުރިހާ މަސައްކަތުގެ ފަހަތުގައި ހުރި ޒުވާން ހިދުމަތްތެރިއާ އެވެ.

"އޭރުން ފެށިގެން ހަމަ ހުއްޓުމެއް ނެތި އާބާތުރަ ފިލުވުމުގެ މަސައްކަތް ހުންނާނީ ކުރިއަށް ގެންގޮސްފައި. ދެހާސް އެގާރަ ވަނަ އަހަރު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ނެގުމަށް ހިންގި މަޝްރޫޢުގައި ލިސްޓް ކުރެވިފައިވާ މިސްކިތްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ޙާލަތު ދެނެގަތުމުގެ މަސައްކަތަކީ ވެސް މިގޮތަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެއް،" ރާއްޖެ އިން ބޭރުގައި ވެސް ތާރީހާއި ތަރިކައާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ޒަމީރު ވިދާޅުވި އެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށްވަނީ ޤައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

ޒަމީރު މިދާއިރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާ ވަނީ މިދާއިރާއިން މީހުން ތަމްރީނު ކުރައްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާ ވޯކް ޝޮޕްތައް ހިންގަވަ އެވެ. ތާރީހާ ގުޅޭ ޝެޝަންތައް އެކި ފެންވަރުގެ މީހުންނަށް ނަގައިދެއްވަ އެވެ. ސްކޫލުތަކުގެ ޔުނީފޯމް ބޮޑީސްތަކުގައި އުޅޭ ކިޔަވާ ކުދިންނަށް އޭނާ އެ މަސައްކަތް ދަސްކޮށްދެއްވަ އެވެ. ޒަމީރަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް މީހަކަށް އެއްޗެއް ބުނެދެވުމެވެ. އެހެން މީހަކަށް އުނގަނައިދިނުމަކީ ހިތްތިރި ޒަމީރުގެ ރަނގަޅު ސިފަތަކުގެތެރެއިން ސިފައެކެވެ.

ޒަމީރު މަސައްކަތުގައި، އޭނާއަށް ވަނީ ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

"އަޅުގަނޑު ގާތަށް އަންނަ ކޮންމެ ކުއްޖަކަށް ވެސް ބުނެދެން. އެއީ ލިބޭ ހިތްހަމަޖެހުމެއް. ރަށް ރަށަށް ދާއިރު ވެސް ސްކޫލު ކުދިން ބައިވެރިކުރަން ބައެއް މަސައްކަތްތައް ކުރާއިރު. އަޅުގަނޑު ގަބޫލު ކުރަނީ މީހަކަށް ބުނެ ނުދެވޭ ނަމަ މި މަސައްކަތް ކުރުމުގެ ބޭނުމެއްނެތޭ،"

ކުޑައިރުއްސުރެ ރާއްޖޭގެ ތާރީޚާއި ތަރިކައަށް އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން އަހްމަދު ޒަމީރުގެ ދިރިއުޅުމުގެ މުހިއްމު ބާބުތަކެއްގައި ލިޔެވިފައި ވަނީ ދިވެހި ރާއްޖޭގެ ތާރީހާއި ތަރިކައިގެ ވާހަކަ އެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ދިވެހި ތާރީހާއި ތަރިކައާ މެދު އޭނާ ފިކުރު ހިންގާ ދުވަހެކެވެ. އޭނާ އެކަންކަން ދެކެނީ އެތަކެއްޗަކީ އަމިއްލަ ތަކެތީގެ ގޮތުގަ އެވެ. އެއަށް ބަލަނީ އަމިއްލަ އެއްޗެއްސަށް ވެސް ބަލާފައިދިން ލޯތްބާއި އިހުތިރާމާ އެކު އެވެ.

comment ކޮމެންޓް