އިމްޕޯޓް އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމާބެހޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ރާއްޖެއަށް އިމްޕޯޓް އެކްސްޕޯޓު ކުރާ މުދާ ކްލިޔާ ކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށް ކުރިއަށް ގެންދާ ތަމްރީން --- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް އިމްޕޯޓް އެކްސްޕޯޓު ކުރާ މުދާ ކްލިޔާ ކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމްގެ މަގްސަދަކީ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިޔާ ކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި ކުރެވޭ ސާވޭ، "ޓައިމް ރިލީޒް ސްޓަޑީ" ހެދުމަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއަދުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ކަސްޓަމްސް އާއި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްސަސާތަކުގެ 38 މުވައްޒަފުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެއްވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކަމާ ބެހޭ މާހިރުންނެވެ.

މުދާ ކްލއަރ ކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި ކުރެވޭ ސާވޭ، "ޓައިމް ރިލީޒް ސްޓަޑީ" އަކީ އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ކަންތައް ތަރައްގީކުރެވި ލުއިފަސޭހަ ކުރެވިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމު ތަކެއްގައި ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިޔާކުރުން ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތާ ހޯދިފައިވާ ކުރިއެރުން ވަޒަންކުރެވޭނެއެވެ.

comment ކޮމެންޓް