80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ބިންގާ އަޅުއްވައި ދެއްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެއިން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ބޮޑު މަޝްރޫއު އިފްތިތާހު ކޮށްފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ހުޅުމާލޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

ރައީސް އޮފީހުން ބުނީ 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރާނެ ކަމަށެވެ. އެ ޔުނިޓުތަކުގެ ތެރޭގައި 1 ކޮޓަރި އާއި 2 ކޮޓަރި އާއި އަދި 3 ކޮޓަރީގެ އެޕާޓްމަންޓު ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ މަޝްރޫއުގައި ސަރކާރުގެ ބައެއް ބޮޑެތި ކުންފުނިތަކާއި ސަރުކާރގެ ބައެއް އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖޭން ބޭރުގެ ފަރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެގެންނެވެ.

comment ކޮމެންޓް