ޑީއާރްޕީ އިން އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ: ހައިކޯޓު

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ އެމްޓީސީސީ އިން ހޯދުމަށް އެދިފައިވާ 1.1 މިލިއަން ރުފިޔާގެ މައްސަލަ މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޑީއާރްޕީން އެމްޓީސީސީ މެދުވެރިކޮށް ހޯދާފައިވާ ޚިދުމަތްތަކަކީ ދިދަ ދަނޑި އާއި ގައުމީ ދިދަ ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ ޚިދުމަތް ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

comment ކޮމެންޓް