ރާއްޖޭގެ ވެޓްރަންސް ވޮލީ ޓީމު ޕިލިޕީންސަށް

ބޮރަކޭ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރުވުމަށް ރާއްޖޭގެ ވެޓްރަންސް ވޮލީ ޓީމު ފުރުން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ފިލިޕީންސްގައި އޮންނަ ބޮރަކޭ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރުވުމަށް ރާއްޖޭގެ ވެޓްރަންސް ވޮލީ ޓީމު މިރޭ ޕިލިޕީންސަށް ފުރައިފިއެވެ.

އަންނަ ހުކުރު ދުވަހުން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި 14 ގައުމަކުން 180 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ބައިވެރިން ފުރުވާލުމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ބޮރަކޭ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރުވުމަށް ރާއްޖޭގެ ވެޓްރަންސް ވޮލީ ޓީމު ފުރުން-- ސަންފޮޓޯ: ފަޔާޒު މުސާ

އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ވެޓްރަންސް ޓީމުގައި ހިމެނެނީ ތިން މިކްސް ކުއަޓްރޯ ޓީމާއި، ހަ ޑަބަލް ފިރިހެން ޓީމަކާއި އެއް ޑަބަލް އަންހެން ޓީމެކެވެ.

ބޮރަކޭ އިން އިން މައުލޫމާތު ދޭ ގޮތުގައި އެ މުބާރާތަކީ އެ ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ޓުއަރިޒަމެއް ޕްރޮމޯޓުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން އެކީގައި ވަގުތު ހޭދުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ފަސް ވަނަ އަހަރެވެ.

ބޮރަކޭ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރުވުމަށް ރާއްޖޭގެ ވެޓްރަންސް ވޮލީ ޓީމު ފުރުން-- ސަންފޮޓޯ: ފަޔާޒު މުސާ

މި ފަހަރުގެ މުބާރާތުގައި ފަސް ޑިވިޝަނެއް އެކުލެވޭނެއެވެ. އެއީ މެންސް ފިލިޕީން ބީޗް ކަޕް، ސޭން މިގުއެލް މެންސް ފަން ކަޕް، މެރްޒޯން ބީޗް ރިސޯޓު ވުމެންސް ފަން ކަޕް އަދި މިކްސް ކުއަޓްރޯ ފަން ކަޕެވެ.

comment ކޮމެންޓް