ތިން މީހެއްގެ ގަޔަށް ވަޅި ހަރައިފި، އެކެއްގެ ހާލު ސީރިއަސް

އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމް ކައިރީގައި، ޒަޚަމްވި މީހެއްގެ ގަމީސް ލެއިން ތަތްތެޅިފައި --- ސަން ފޯޓޯ

މާލޭގައި މިއަދު ހަވީރު ތިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ މިއަދު ހަވީރު 5:50 އެހައިކަންހާއިރު އެމްއެޗްއޭ މާޓް ކައިރިން ކަމަށެވެ.

އެ މާރާމާރީގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ މާރާމާރީގައި ޒަޚަމްވި ދެ މީހަކީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސިއޯން ބޭކަރީ ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހެކެވެ.

އެ ދެ މީހުންނަކީ ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަން އާއި ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއުއެވެ. ވަޅި ހަރާފައި ވަނީ އޭނާގެ އަރިކައްޓަށެވެ. ހާލު ސީރިއަސްކަމުން އޭނޭގެ ސާޖަރީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޒަޚަމްވި ތިން ވަނަ މީހާގެ ނަމަކީ ރަފާއުއެވެ.

ލެއިން ތަތްތެޅިފައިވާ، ޒަޚަމްވި މީހެއްގެ ގަމީސް އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމް ކައިރިން ވަނީ ފެނިފައެވެ.

comment ކޮމެންޓް