Sun Online
މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗް އެޅުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރުން: އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެފްއޭއެމް އިން ބުނޭ --- ފޮޓޯ/ އެފްއޭއެމް

އެއް މަސްތެރޭ މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗް އަޅައި ނިންމަނީ!

އަލީ ރިފްޝާން
ލިޔުނީއަލީ ރިފްޝާން

މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗް އެޅުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެ މަސައްކަތް ކުރުމަށް ލިމޮންޓާ ސްޕޯޓްސްއާ ހަވާލުކޮށްފައެވެ.

މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗް އެޅުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރުން: އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެފްއޭއެމް އިން ބުނޭ --- ފޮޓޯ/ އެފްއޭއެމް

އެ ތިން ޓާފް ޕިޗް އަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެހީތެރިކަމާ އެކު އޭއެފްސީ ޕްރެޒިޑެންޓްސް އިނީޝިއޭޓިވް މިނީ ޕިޗް ޕްރޮޖެކްޓްގެ ދަށުން އަޅާ ތިން ޕިޗެވެ. އެ ޕްރޮޖެކްޓަކީ އޭއެފްސީގެ މެންބަރު ގައުމުތަކުގެ ފުޓްބޯޅަ ވަރުގަދަކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މާފަންނު ސްޓޭޑިއަމް ހުޅަނގު ފަޅީގައި އަޅާ އެ ޕިޗްއާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ކްލަބުތަކާއި އާންމުންނަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗް އެޅުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރުން: އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެފްއޭއެމް އިން ބުނޭ --- ފޮޓޯ/ އެފްއޭއެމް

"އެ ޕިޗްތައް ނިމުމާ އެކު އަޅުގަނޑުމެން ވަކި ވަގުތުތަކެއްގައި އާންމުންނަށްވެސް ބޭނުންކުރެވޭނެ ވަގުތުތައް ދޫކުރަމުންދާނަން. މިހާރުވެސް އެތަނީ އާންމުން ފުޓްބޯޅަ ކުޅުމަށް ބޭނުންކުރާ ތަނެއް. މަސައްކަތް ފެށުމުން އާންމުންނަށް މިހާރު އޮތް ޓާފް ދެ ދަނޑު ވަކި ވަގުތުތަކެއްގައި ދޫކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި، އެ ތިން ޕިޗްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ. މިހާރު އެފްއޭއެމްގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް، ވަރުގަދަ ފުޓްބޯޅަ ޖީލެއް ބިނާކުރުމުގެ މަސައްކަތެވެ.

infinity loading...
×
DB released 01.