Sun Online
17 އަހަރަށް ފަހު އަނިލް ކަޕޫރާއި މާދުރީ ޑިކްޝިޓް އެއްކޮށް
17 އަހަރަށް ފަހު އަނިލް ކަޕޫރާއި މާދުރީ ޑިކްޝިޓް އެއްކޮށް

17 އަހަރަށް ފަހު އަނިލް އާއި މާދުރީ އެއްކޮށް ސްކްރީނަށް

އައިމިނަތު ލުބާ
ލިޔުނީއައިމިނަތު ލުބާ

އަނިލް ކަޕޫރާއެކީ ފިލްމެއްކުޅެން 17 އަހަރަށް ފަހު މާދުރީ ޑިިކްޝިޓް ސޮއިކޮށްފި އެވެ.

އިންދަރު ކުމާރުގެ "ޓޯޓަލް ދަމާލް"ގެ ލީޑް ރޯލުގައި ދެ ތަރިން ހިމެނޭނެ ކަމަށް އެ ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ "ދަމާލް" ސީރީޒްގެ ތިން ވަނަ ފިލްމް ވެސް މެ އެވެ.

އިންޑިއާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ފިލްމްގެ ޑައިރެކްޓަރު އިންދަރު ކުމާރު ބުނީ ފިލްމްގެ ޝޫޓިންގް އަންނަ ޖަނަވަރީ މަހު މުމްބާއިގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ފިލްމަކީ ވަރަށް ތަފާތު ފިލްމެއް. ކޮންސެޕްޓް ވެސް ވަރަށް ތަފާތުވާނެ. މުމްބާއީގައި ފިލްމް ޝޫޓް ކުރަން ހަމަޖެހިފައި މިއޮތީ. އެކަމަކު އަދި ފިލްމު ރިލީޒްކުރެވޭނެ ތާރީހެއް ކަނޑައެއް ނޭޅޭ. ލަފާ ކުރެވެނީ އަންނަ އޮކްޓޯބަރު މަހު އެޅުވިގެންދާނެ ކަމަށް. ފިލްމަކީ ކޮމެޑީ ފިލްމެއް،" އޭނާ ބުންޏެވެ.

ފިލްމުގައި ދެ ތަރިންގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ އަދި ޖާވީދު ޖެފްރީ އެވެ.

އަނިލް އާއި މަދޫރީ ދެ މީހުން އެކުގައި އެންމެ ފަހުން ފިލްމެއް ކުޅެފައި ވަނީ މީގެ 17 އަހަރު ކުރިން ނުކުތް "ޕުކާރް" އެވެ. ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އެ ދެތަރިން ވަނީ ބެލުންތެރިން ޖާދޫގައި ޖައްސައިފަ އެވެ.

infinity loading...
×
DB released 01.