އެމްއޭސީއެލްގެ ނަމޫނާ މުވައްޒަފުންނަށް މުހައްމަދު ހުސައިން އަދި އިބްރާހިމް ޠާހާ

މުހައްމަދު ހުސައިން އަދި އިބްރާހިމް ތޯހާ އެވޯޑު ހިފައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއޭސީއެލްގެ ނަމޫނާ މުވައްޒަފުންގެ ގޮތުގައި މުހައްމަދު ހުސައިން އަދި އިބްރާހިމް ޠާހާ ހޮވިއްޖެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގައި އެންމެ ނަމޫނާ މުވައްޒަފުންގެ ގޮތުގައި 10 ފަރާތަކުން ވާދަކޮށް އެ އެވޯޑު ހާސިލް ކޮށްފައިވަނީ އެ ކުންފުނީގެ މުހައްމަދު ހުސައިން އަދި އިބްރާހިމް ޠާހާއެވެ.

"އެމްޑީ އެވޯޑު"ގެ ދަށުން ނަމޫނާ މުވައްޒަފު އެވޯޑުގެ އިތުރުން އެންމެ ރަނގަޅަށް މުއާމަލާތްތަށް ކުރާ މުވައްޒަފަކާއި ސަލާމަތީ ކަންކަން އެންމެ ރަނގަޅު މުވައްޒަފެއް ފާހަގަކޮށް އެވޯޑު ދެއެވެ.

އެގޮތުން އެންމެ ރަނގަޅަށް މުއާމަލާތްތަށް ކުރާ މުވައްޒަފުންނަށް ހޮވިފައިވަނީ، ޓާމިނަލް ސާވިސްގެ މުހައްމަދު ޝަރީފް، ޓާމިނަލް ސާވިސްގެ އަބްދުލް ރަހީމް އަބްދުލް ރަހްމާން އަދި ލައުންޖްގެ މުހައްމަދު އިބްރާހިމް އެވެ.

ސަލާމަތީ ކަންކަން އެންމެ ރަނގަޅު މުވައްޒަފުންނަށް ހޮވިފައިވަނީ، އިސްމައީލް މަނިކް، އަސްލަމް ވަހީދު އަދި އިލްޔާސް އަހުމަދު އެވެ.

ރޭގެ އެ ހަފްލާގައި އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.

"އެމްޑީ އެވޯޑު" އަކީ މިދިޔަ އަހަރުން ފެށިގެން އެމްއޭސީއެލް އިން ދޭން ނިންމައިފާ އެވޯޑެކެވެ. މިދިޔަ އަހަރު އެ އެވޯޑަށް 84 މުވައްޒަފުން ވާދަކޮށްފައިވާއިރު މިއަހަރު އެ އެވޯޑަށް 170 މުވައްޒަފުން ވާދަކޮށްފައިވާކަމަށް އެމްއޭސިއެލްއިން ބުނެއެވެ.

އެވޯޑަށް މުވައްޒަފުން ހޮވުމުގައި މުވައްޒަފުންގެ އަހުލާގާއި ގަޑިޔަށް ފަރުވާތެރިވުމާއި ގަވާއިދުން ވަޒީފާއަށް ހާޒިރުވުމުގެ އިތުރުން އެ މުވައްޒަފަކު މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ އިސްބޭފުޅުންގެ މަޝްވަރާއާއަށް ބަލައިފަައިވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

comment ކޮމެންޓް