Sun Online
ޑރ ސަލީމް ބަލިމީހަކަށް ފަރުވާ ދެއްވަނީ --- ފޮޓޯ/ ފޭސްބުކް
ޑރ ސަލީމް ބަލިމީހަކަށް ފަރުވާ ދެއްވަނީ --- ފޮޓޯ/ ފޭސްބުކް

ދަތް ފަނިކެއުމުގެ މައްސަލައަށް، ޑރ ސަލީމް ދެއްވި ހައްލު!

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ދަތް ފަނި ކެއުމަކީ ރާއްޖޭގައި ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެ މައްސަލައަކީ ރާއްޖޭގައި އާއްމު މައްސަލަ އެކެވެ. ދަތުގެ ބަލިތަކަށް ފަރުވާ ކުރުމުގައި މަޝްހޫރު ޑރ. އަހުމަދު ސަލީމް ވިދާޅުވާ ގޮތުން ދަތްފަނި ކެއުމަކީ އާންމު ރޯގާއެއް ގޮތަށް ރާއްޖޭގައި ފެތުރޭ މައްސަލައެކެވެ.

"ވަރަށް ފަހުން ރާއްޖޭގެ ސުކޫލުތަކުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން ތުއްތު ކުދިންގެ ވެސް ދަތް ފަނިކައިފަ އެބަހުރި އަރިދަފުސް ރޯގާ އިތުރުވާ މިންވަރާ އެއްވަރަށް،" ޑރ ސަލީމް ވިދާޅުވި އެވެ.

ޑރ ސަލީމް ސުކޫލު ކުދިންތަކަކަށް ދަތްތަކާ ބެހޭ މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ފޭސްބުކް

ރާއްޖޭގެ 70 ޕަސެންޓް މީހުން ދަތް ފަނި ކައިފައި ހުންނާނެ ކަމަށް ޑރ ސަލީމް ލަފާކުރައްވައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މިރޭ 10:00ގެ ނިޔަލަށް އާޓްގެލެރީގައި ކުރިއަށްދާ މެޑިކަލް އެކްސްޕޯގައި މާސްޓަ ޑެންޓަލް ކެއާ ސެންޓަރުގެ ސްޓޯލްގައި އިންނަވައި ސަލީމް ވަނީ، ދަތްތަކަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން 'ސަން'އާ ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފައެވެ.

ދަތްފެނި ކެއުމުގައި ކާބޯތަކެތި ބޮޑު ރޯލެއް އަދާކުރޭ

ދަތްފަނިކޭމަ ކޮންމެ މީހަކުވެސް ސުވާލެއް އުފައްދައެވެ. "ކީއްވެ ހެއްޔެވެ؟ ކޮންމެ ދުވަހަކު ދަތްވެސް އުނގުޅަމޭ،" ދަތްފަނި ކާންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟

އެ ސުވާލުތަކަށް ސަލީމު ޖަވާބެއް ދެއްވި އެވެ. ފުރަތަމަ ކަމަކީ ކައިގެން ދަތް ނޫނގުޅޭތީއެވެ. ދިވެހިން ގިނަ ފަހަރު ދަތް އުނގުޅާނީ ހެނދުނު ހޭލައިގެންނާއި ނިދަން އޮށޯތުމުގެ ކުރިންނެވެ. ދެން ދުވާލު ހަތަރު ދަމު ކޮންމެ އެއްޗެއް ކެޔަސް ދަތެއް ނޫނގުޅާނެ އެވެ.

ދެން އެވާ ވަގުތުތަކުގައި ފޮނި އެއްޗެއްސާއި ތެޔޮ ހުންނަށް އެއްޗިއްސާއި ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި އެބަ ބޭނުން ކުރެ އެވެ. އަދި ނުވިތާކަށް ސުޕާރީ އާއި ފޯއްވެސް ހައްދެއް ނެތި ދިވެހިން ކައެވެ.

ޑރ. ސަލީމް ވިދާޅުވާ ގޮތުން ކާއެއްޗެއް ކާ ކޮންމެ ފަހަރަކު ދަތް އުނގުޅުމަކީ އެންމެ ރަނގަޅު ގޮތެވެ. އަނގައިގެތެރޭގައި ހެދޭ އިންފެކްޝަން އޭރުން މަދުވާނެ އެވެ.

އެހާ ބިޒީކޮށް މަސައްކަތުގައި އުޅޭތީ ކާ ކޮންމެ ފަހަރަކު ދަތް ނޫނގުޅެ މީހުންނަށްވެސް ޑރ ސަލީމް ހައްލެއް ދެއްވި އެވެ. ކާ އެއްޗިހި ބަދަލުކޮށްލާށެވެ.

ދަތްތަކަށް ދިމާވާ މައްސަލަތައް ދައްކުވައިދޭ މޮޑެލް ތަކެއް ---

"ކާތަކެތި ބަދަލުކޮށްލެވިދާނެ، މިސާލަކަށް ހެނދުނު ނާސްތާއަށް ފަހު ދެން މެންދުރު ކެއުމާ ދެމެދު އިންނަ ވަގުތު ކޮޅު ހަކުރު ހުރި އެއްޗެއް ނޫނީ ޖަންކް ފުޑެއްގެ ބަދަލުގައި އާފަލެއް ނޫނީ ނަޓްސް ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެ. ދެން މެދުރު ކެއުމާ ރޭގަނޑު ކެއުމާ ދެމެދުވެސް ހަމަ އެގޮތަށް ކެއުން ބައްޓަން ކުރެވިދާނެ. އެކަހަލަ އެއްޗެއް ކޭމަ ދަތް އުނގުޅާކަށް ނުޖެހޭނެ،" ޑރ ސަލީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ސުޕާރީ ކެއުމާއި ފޯއްލައިގެން ދުފުމަކީ ދަތުގައި ރެނދުލުމަށް މަގުފަހިވާކަމެއްކަންވެސް ސަލީމް ފާހަގަ ކުރެއްވި އެވެ.

ދަތްފަނި ކެއުމޭ ދިވެހިން ކިޔާ އުޅުނަސް ހަގީގަތުގައި ދަތް ގިރެނީ އެވެ. ދަތް ގިރެން ދިމާވަނީ ދަތްތަކާއި އަނގަތެރެ ރަނގަޅަށް ސާފު ނުކުރުމުގެ ސަބަބުން ޖަރާސީމު އިތުރުވުމުން އަނގަތެރޭގައި ޕީއެސް ލެވެލް މަތިވެ އެސިޑީ ގިނަވެގެން ކަމަށް ޑރ ސަލީމް ވިދާޅުވި އެވެ.

"އަނގަތެރޭގައި ހުންނާނެ ދަތްފަނިކާން މެދުވެރިވާ ވަކި ހާއްސަ ޖަރާސީމުތަކެއް. އެ ޖަރަސީމުތައް އިތުރުވާން ބޭނުންވާ އެނާޖީއަކަށް މި އިންނަނީ ހަކުރު ގިނަ އެއްޗެހި. ހަކުރު އަނގަތެރެއަށް ދިޔައީމަ ޖަރާސީމު އިތުރުވާގޮތްވޭ،" ޑރ ސަލީމް ވިދާޅުވި އެވެ.

ދަތް ފަނިކޭމަ ގިނަ ފަހަރަށް ނޭނގިދާނެ އެވެ. ހާއްސަކޮށް ކޮލުދަތެއް ފަނިކައިފައި ހުރެގެން އެނގެނީ ދަތުގެ ތެރެއަށް ކާއެއްޗިހި ވަންނަން ފެށީމައެވެ. ޑރ ސަލީމް ވިދާޅުވީ ދަތް ފަނިކައިފައި ހުރިތޯ ބެލުމަށް އަމިއްލަޔަށް ލޯގަނޑަކުން ރަނގަަޅަށް ޗެކްކޮށްލުމަށް އެދޭ ކަމަށެވެ. އެ ނޫނީ އަހަރަކު އެއްފަހަރު ޑޮކްޓަރަށް ދައްކާލައި ދަތްތަކުގައި މައްސަލައެއް ހުރިތޯ ޓެސްޓްކޮށްލުން ރަނގަޅު ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަނގައިގެ ދުޅަހެޔޮކަން މުޅި މީހާގެ ދުޅަހެޔޮކަން"

ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންނާއެކު ޑރ ސަލީމް --- ފޮޓޯ/ ފޭސްބުކް

އަނގައިގެ ދުޅަހެޔޮކަން ރަނގަޅުވެއްޖެ ނަމަ މުޅި މީހާގެ ސިއްހަތަށްވެސް ލިބޭ ދުޅަހެޔޮކަމެއް ކަމުގައި ޑރ ސަލީމް ފާހަގަ ކުރެއްވި އެވެ.

" އަޅުގަނޑުމެން ހަށިގަނޑުތެރެއަށް ދާ ހުރިހާއެއްޗެއްވެސް އެންމެ ފުރަތަމަ ވާސިލުވާ އެއްޗަކަށް މި އިންނަނީ އަނގަ. އެހެންވީމަ އަނގަތެރޭގައި މައްސަލަތަކެއް ހުންނަ ކަމަށް ވާނަމަ މުޅި ހަށިގަނޑުގަ ވެސް ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ހުރުން އެކަށީގެންވޭ،" ސަލީމް ވިދާޅުވި އެވެ.

ދަތްޕިލާގައި މައްސަލަތަކެއް ނޫޅޭ މީހުން ސިއްހީ ގޮތުން ޖެހޭ އެހެން ބަލިތަކާވެސް ދުރުވާކަން ސަލީމް ފާހަގަކުރެއްވި އެވެ. އެގޮތުން ހަކުރު ބަލި ފަދަ ބަލިތައް ޖެހުމާ ދުރުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކުޑަކުދިންގެ ދަތްޕިލަ ފަނިކެއުމާ ބެހޭ ގޮތުންވެސް ޑރ. ސަލީމް ވަނީ ވަރަށް ގިނަ މައުލޫމާތު ދެއްވާފައެވެ. އެ މައުލޫމާތުގެ ތަސްފީލަކަށް ފަހުން ދާނަމެވެ.

ދަތުގެ މައްސަލަތައް ދިމާވާ ފަރާތްތަކުން ޑރ ސަލީމްގެ މާސްޓަ ޑެންޓަލް ކެއާއަށް ހިލޭ ދައްކާލުމުގެ ފުރުސަތު މިހާރު ކުރިއަށްދާ މެޑިކަލް އެކްސްޕޯއިން ލިބެ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. އެ ކްލިނިކްގެ ސްޓޯލަށް ވަޑައިގަތުމުން އެބޭފުޅުން ހާއްސަ ކާޑެއް ދެއްވައެވެ.

infinity loading...
×
DB released 01.