100 ގްރާމް ކިވީގައި 160 މިލިގްރާމް ވިޓަމިން ސީ

ކިވީ އަކީ މިހާރު ބާޒާރުން ފަސޭހައިން ގަންނަން ލިބޭ، ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. 100 ގްރާމް ކިވީގައި 160 މިލިގްރާމް ވިޓަމިން ސީ އެކުލެވެއެވެ. މިއީ އޮރެންޖާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. ކިވީއަކީ ޑިޓޮކްސް އެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ މޭވާއެކެެވެ.

ކިވީގައި އެކުލެވޭ ނިއުޓްރިޝަންތަކަށް ބަލާއިރު ވިޓަމިން ސީގެ އިތުރުން ވިޓަމިން އޭ، ކޭ އަދި ބީ1 އާއި ބީ6 ވެސް ހިމެނެއެވެ. ހަށިގަނޑަށް ފައިދާހުރި މި މޭވާއަކީ ދަތްތައް ވަރުގަދަ ކުރުމަށްވެސް ކެވިދާނެ އެއްޗެކެވެ. ހަށިގަނޑުގައި އެކުލެވޭ ރެޑްބްލަޑްސެލްސްގެ ސިއްހަތަށް ވެސް ކިވީ އަކީ ކެއުން ރަނގަޅު މޭބާއެކެވެ.

ކިވީ އަކީ އޮމެގާ ތިނެެއް އަދި އޮމެގާ ހައަކުން މުއްސަނދިވެފައިވާ މޭވާއެއްވެސް މެއެވެ. ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަން ހަށިގަނޑަށް ބެނުންވާ ބައިތައް ކިވީގައި އެކުލެވެއެވެ.

ކިވީގެ 83 އިންސައްތަ އަކީ ފެނެވެ. މޫނުގައި ނަގާ ބިއްސާ ލަކުނުތައް ފިލުވައިލުމަށް ފޭސްމާސްކެއްގެ ގޮތުގައިވެސް ކިވީ ބޭނުން ކުރެވިދާނެއެވެ. މިއީ މީރު ސްމޫތީ އެއް ގިރައިލަންވެސް ބޭން ކުރެވޭނެ ހަށިގަނޑަށް ފައިދާހުރި އެތައް ވިޓަމިންސް އަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.

comment ކޮމެންޓް