މަޝްހޫރުވުމަކީ ބައެއްފަހަރު ލިބޭ ގެއްލުމެއް: އާމިރު

އާމިރު ހާން: އޭނާ ވަނީ މަޝްހޫރުވުމަކީ ބައެއްފަހަރު ލިބޭ ގެއްލުމެއްކަމަަށް ބުނެފައި--

މަޝްހޫރުވުމަކީ ބައެއްފަހަރު ތިމާއަށް ލިބޭ ގެއްލުމެއްކަމަށް ބޮލީވުޑްގެ ކުޅަދާނަ ތަރި އާމިރު ޚާން ބުނެފިއެވެ.

އާމިރު ބުނީ މަޝްހޫރުކަމުން ފިލްމުތަކަށް ނޭދެވޭ އަސަރުތައް ކުރޭތޯ ބައެއް ފަހަރު ބަލާކަމަށެވެ.

އާމިރު ބުނީ އޭނާގެ އަންހެނުން ކިރަން ރާއޯގެ "ދޯބީ ގާޓު"ގައި އޭނާ ބައިވެރިކުރަން ކިރަން ވަރަަށް ފަސް ޖެހުނުކަމަށެވެ. ސަބަބަކަށްވީ އާމިރު މަޝްހޫރުކަމުންނެވެ. ބައެއްފަހަރު މަޝްހޫރުވުމަކީ އެއިން ތިބާއަށް ނޭދެވޭ އަސަރު ކުރާ ކަންތައްތައްކަމަށް އާމިރު ވަނީ ބުނެފައެވެ.

"އޭނާ ބުނި އެންމެ ނުވަ މީހުންގެ ކުރޫއެއް ގޮވައިގެން އުޅޭއިރު ކިހިނެއްހޭ އަހަރެން ގޮވައިގެން ޝޫޓް ކުރާނީ. އަހަރެން އަންނަންޏާ އަހަރެންގެ 15 ބޮޑީ ގާޑުން ވެސް އަންނާނޭ. އެހެންވެ އަހަރެން ލައިގެން ފިލްމެއް ނުކުޅެވޭނެއޭ،" އާމިރު ބުންޏެވެ.

އާމިރުގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ނުކުތް "ސީކްރެޓް ސުޕަސްޓާ" އަކީ ކުޑަ ބަޖެޓަކުން އޭނާ އުފައްދާފައިވާ ވަރަށް ފުރިހަމަ ފިލްމެކެވެ. މިހާތަނަށް 41 ކްރޯޑު (4.1 ބިލިއަން) ރުޕީސް އެ ފިލްމަށް ވަނީ ލިބިފައެވެ.

އާމިރު މިހާރު ކުރަމުންގެންދާ މަސައްކަތަކީ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ތަގްސް އޮފް ހިންދުސްތާން" އެވެ. އެ ފިލްމުގައި އާމިރު ހަރަކާތްތެރިވަނީ ބޮލީވުޑްގެ ކިންގް އަމީތާބް ބައްޗަން އާ އެކީ ގައެވެ. މިއީ އެ ދެ ތަރިން ފިލްމެއް ކުޅޭ ފުރަތަމަ ފަހަރުވެސްމެއެވެ.

comment ކޮމެންޓް