ފެން ކުންފުނިން ތޮއްޑުއަށް ހިނަވާގެއެއް ހަދިޔާކޮށްފި

ތޮއްޑޫގައި ގާއިމްކުރި ހިނަވާގެ ކައުންސިލްއާ ހަވާލުކުރުން-- ފޮޓޯ/އެމްޑަބްލިއުއެސްސީ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އިޖްތިމާއީ ޒިންމާގެ ދަށުން އއ. ތޮއްޑު އަށް ހިނަވާގެއެއް ހަދިޔާކޮށްފި އެވެ.

ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތޮއްޑޫގައި ގާއިމް ކުރި ހިނަވާގެ އެރަށު ކައުންސިލާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މިއަދު ފެންބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި ހިނަވާގެ ގާއިމްކުރި ކަމުގެ ހަނދާނީ ލިޔުމެއް ވެސް އެ ރަށު ކައުންސިލަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ ދީފަ އެވެ. ކައުންސިލްއަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަހީހް ޖަލީލް އެވެ. ކައުންސިލްގެ ފަރާތުންް ލިޔުމާ ހަވާލުވީ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެކުންފުނިން މަސައްކަތްކުރަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޖްތަމައަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް