ޓްވިޓްސަލް ފުޓްސަލް މުބާރާތުގެ މިއަހަރު މެއިން ސްޕޮންސަރަކަށް ދިރާގު

"ޓްވިޓްސަލް 2017" ގެ މެއިން ސްޕޮންސަރު ދިރާގާއެކު ސޮއި ކުރަނީ-- ފޮޓޯ: ދިރާގު

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ޓްވިޓަރ ބޭނުންކުރާ ދިވެހީންގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ޓްވިޓްސަލް 2017"ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއް ދުވަހުގެ އެ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި "ޓްވިޓްސަލް" މުބާރާތުގެ މެެެއިން ސްޕޮންސަރ ދިރާގު ގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީއެވެ. އަދި ޓްވިޓްސަލްގެ ފަރާތުން ސޮއި ކުރެއްވީ އިވެންޓް އޮގަނައިޒަ އީވާން އާމިރުއެވެ.

މުބާރާތް އިންތިޒާމް ކުރާ އެމްވީ ޓްވިޓްސަލްގެ ފަރާތުން ވަނީ ދިރާގުގެ އިތުރުން، އިތުރު 12 ފަރާތަކާއެކު ވެސް ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މުބާރާތުގެ ޓީމްތައް ސްޕޮންސަރކޮށްފައި ވަނީ، ސޭންޑްވިޗްބާ، ޓޮޑީ، ޗިޕްސް ރިސާވްޑް، ޗިޒްޕާ، ޕްރޯ ފިޓްނެސް، ރައިޕް ޖޫސް، އައިއެސްއެސްއޯ، ހަސަން މެރިން، މޫޝާން، އަލްފާ މެރިން، ލީފް ޕްރައިވެޓް ލިމިޓެޑް، ޔޮންޑާ އެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންގެ ގޮތުގައި 100 ޕްލަސް، ހަންބަން، މެރަކީ، އެފްއޭއެމް، ސްޓޭޖް ކޯ ނަޝީއު ނަސީމް ކޯ އަދި ކެއާ ސޮސައެޓީ އާ އެކުވެސް އެމްވީ ޓްވިޓްސަލުން ވަނީ ސޮއިކޮށްފައެވެ.

އެމްވީ ޓްވިޓްސަލްގެ ފަރާތުން 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ އިތުރުން އެ ޖަމިއްޔާއިން އަންނަނީ، "ޓްވިޓްސަލް ކެއާ"ގެ ނަމުގައި އިޖްތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެހީގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް