ބަނގުލަދޭޝްއަށް ދިޔަ އައްޑޫ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ބަނގުލަދޭޝްގެ ކޮކްސް ބާޒާރުގެ މަގެއްގައި ބަޔަކު ހިނގާފައި ދަނީ-- ސަން ފައިލް ފޮޓޯ

ބަނގުލަދޭޝްއަށް ދިޔަ އައްޑޫ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އޭނާ މަރާލީ ކަމަށް ވެސް އަޑުފެތުރިފައިވެ އެވެ.

މަރުވެފައި ވަނީ އައްޑޫ ސިޓީ، މަރަދޫފޭދޫ، އައްދުﷲ ފަތުހީ އެވެ. އޭނާއަކީ މެދު އުމުރުގެ މީހެކެވެ.

އޭނާ މަރުގެ މައްސަލަ ރާއްޖޭގެ ފުލުހުން ދަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ބަންގުލަދޭޝްއަށް ގޮފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން ފުލުހުން އެކަން ބަލަމުންދާ ކަމަށާއި ރަސްމީ ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލަރެއް ކަމަށްވާ، ހުސައިން ހިޔާޒު "ސަން"އަށް ވިދާޅުވީ އޭނާ މަރުވި ޚަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް މާބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް