ޝީޝާގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވައިފި

ކުޅުދުއްފުށީގައި ހުޅުވި އައުޓްލެޓް- ފޮޓޯ/ޝީޝާ

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާ ކުންފުނިން އެކުންފުނީގެ އައުޓްލެޓެއް ހދ. ކުޅުދުއްފުށީގައި އިއްޔެ ހުޅުވައިފި އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ ޝީޝާގެ ޑިރެކްޓަރު ހުސެއިން ހުޝާމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޝާމް ވިދާޅުވީ އެ ރަށުގައި ހުޅުވި އައުޓްލެޓުން ވެސް ސައިކަލް ވިއްކާނީ މާލެއާ އެއް އަގެއްގައި ކަމަށާއި އެ އައުޓްލެޓް ހުޅުވުމާ ގުޅިގެން ބާއްވާ ޕްރޮމޯޝަނެއްގެ ދަށުން ސައިކަލްގެ ފުރަތަމަ ސާވިސް ހިލޭ ކޮށްދޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުމާއި ސާވިސް ކުރުމާއި އަދި ސައިކަލަށް ބޭނުންވާ ސްޕެއާ ވެސް ލިބެން ހުންނާނެ ކަމަށެވެ.

ޝީޝާ ކުންފުނިން ކުޅުދުއްފުށީގައި ހުޅުވީ އެ ކުންފުނީގެ ޝޯރޫމަކާއި ސާވިސް ސެންޓަރެއް ހިމެނޭ އައުޓްލެޓެވެ.

މި އައުޓްލެޓަކީ އަތޮޅު ތެރޭގައި ހުޅުވި ދެ ވަނަ އައުޓްލެޓް އެވެ. ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީގައި ހުޅުވާފައިވާ އިރު ކުޅުދުއްފުށީގައި ހުޅުވުމަށް ފަހު ލ. އަތޮޅުގައި ވެސް އެފަދަ އައުޓްލެޓެއް ހުޅުވަން ނިންމާފައިވާ ކަމަށް ވެސް ޝީޝާ އިން ބުންޏެވެ.

comment ކޮމެންޓް