ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން ފައިނު ގައި: ރ. އަތޮޅު ފައިނުގައި ހަދާފައިވާ ބަނދަރު ރައީސް ވަނީ ރ އަތޮޅަށް ކުރެއްވި ދަތުުރުގައި ރަސްމީކޮށް ހުޅުވާދެއްވައި---ފޮޓޯ/ ރައީސް އޮފީސް

ރ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފިއެވެ.

ރައީސް ޔާމިންގެ އެ ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ މަޑުއްވަރިއާއި ފައިނުގެ އިތުރުން މީދޫއަށް ވެސް ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައި ދެއްވުމުގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެރަށުގައި އަޅާ 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މީދޫގައި ދާދި ފަހުން އެޅި މިސްކިތެއް ކަމަށްވާ މަސްޖިދުލް އަވާބީން ވެސް އެ ދަތުރުފުޅުގައި ރައީސް ވަނީ ހުޅުއްވައިދީފައެވެ. އަދި ހަމަ އެރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ވެސް ރައީސް ވަނީ އިފްތިތާހުކޮށް ދެއްވައިފައެވެ.

ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމިން ވަނީ އެ އަތޮޅުގެ ފައިނުގައި އެޅި ބަނދަރު ހުޅުވައިދެއްވުމުގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި، ސަރުކާރުގެ ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް