އޮޑިޓް އޮފީހަށް 50.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފި

މަޖިލިސް: މަޖިލީހުން ވަނީ އޮޑިޓް އޮފީހަށް 50.9 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފައި ---

އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލް ހުށަހެޅުއްވި 50.599 މިލިއަން ރުފިޔާގެ ބަޖެޓް، އެއޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް މަޖިލީހުން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްދިނީ ވޯޓުގައި މިއަދު ބައިވެރިވި 34 މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ވޯޓުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައިނުވާ އިރު ބަޖެޓް ބަހުސްގައި ވެސް އިދިކޮޅު އެއްވެސް މެންބަރެއް ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފައި ވަނީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ވެސް ވޯޓާ އެކު އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަށް ބަހުސްކުރި ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވަނީ އޮޑީޓް އޮފީހުން ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި ބަޖެޓް ފާސްކޮށްދެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ފާސްކުރި އޮޑިޓް އޮފީހުގެ ބަޖެޓްގައި މުސާރައިގެ އިތުރުން އެހެނިހެން ހަރަދުތަކަށް 13 މިލިއަން ރުފިޔާގެ ވަނީ ކަނޑައަޅައިފަ އެވެ. ތިން މިލިއަން ދަތުރުފަތުރަށް އޮތް އިރު ތައުލީމާއި ތަމްރީންތަކަށް ވަނީ 1.1 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މިދިޔަ އަހަރަށް ވުރެން މިއަހަރުގެ އޮޑިޓް އޮފީހުގެ ބަޖެޓް 3.4 މިލިއަން ރުފިޔާ ބޮޑެވެ.

comment ކޮމެންޓް