ރައީސް ޔާމީން ރ. އަތޮޅަށް ފުރާވަޑައިގެންފި

12 ނޮވެމްބަރ 2016: ރައީސުލްޖުމްހޫރިއްޔާ، ރ.ދުވާފަރަށް ވަޑައިގެންނެވުން--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހެނދުނު ރ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ޔާމީން އެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ޒިޔާރަތުގައި ފުރާވަޑައިގަނެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ރައީސް ޔާމީންގެ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ މަޑުވައްރި، މީދޫ އަދި ފައިނަށް ކަމަށެވެ.

ރައީސްގެ އެ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި އޭގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް ކުރިއަށް ގެންދެވުނު މަޝްރުއުގެ ނިމުން ފާހަގަ ކުރުމުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ފައިނުގައި ހަދާފައިވާ ބަނދަރު ރަސްމީކޮށް ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވާއިރު މީދޫގައި އަލަށް ހަދާފައިވާ މިސްކިތް ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ރަށުގައި ފަށަން ހަމަޖެހިފައިވާ ސާފު ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ވެސް އިފްތިތާހު ކޮށްދެއްވާނެ އެވެ.

comment ކޮމެންޓް