މާމަ ދަރިފުޅަށް ކިޔާނީ ރާދްޔާ: ހެމާ މާލިނީ

އީޝާ ޑިއޯލް އަދި ބާރަތު ތަޚްތާނީ އާއި އެމީހުންގެ އަލަތު ދަރިފުޅު

މިމަހު 20 ވަނަ ދުވަހު ބޮލީވުޑްގެ ބަޠަލާ އީޝާ ޑިއޯލް އަށާއި އޭނާގެ ފިރިމިހާ ބާރަތު ތަޚްތާނީއަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.

އާއިލާގެ އެންމެން އުފާފާޅުކުރަމުން ދާއިރު ހެމާ މާލިނީ މިވަނީ އޭނާގެ މާމަ ދަރިފުޅަށް ކިޔާނެ ނަން މީޑިއާގައި ހިއްސާކޮށްފައެވެ. ހެމާ ބުނީ ދަރިފުޅަށް ލިޔާނީ ރާދްޔާ ކަމަށެވެ.

" އަހަރެން މިހިރީ ވަރަށް އުފަލުން. މުޅި އާއިލާވެސް ތިބީ ވަރަށް އުފަލުން. އަނެއްކާވެސް އަހަރެން މާމަ އަކަށްވީ. އީޝާގެ ހާލުވެސް އަދި ދަރިފުޅުގެ ހާލުވެސް ހަމަ ވަރަށް ރަގަޅު. އެ ނަމަކީ އީޝާ އާއި ބާރަތަށް ކަމުދިޔަ ނަމެއް. އެހެންވެ އެނަން ކިޔަން ނިންމީ،" ހެމާ ބުންޏެވެ.

އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުއްސުރެން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށީ އެވެ.

އެއަށް ފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި، އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ'ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.

comment ކޮމެންޓް