މިއަހަރުގެ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ހިންދީ ފިލްމަކީ ޖުޅްވާ 2!

ވަރުން، ޖެކްލިން އަދި ޓާޕްސީ "ޖުޅްވާ2"ގައި --ފޮޓޯ: ބޮލީވުޑްހަންގާމާ

މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު ހިންދީ ފިލްމަކީ ޖުޅްވާ 2 ކަމަށް ބޮކްސް އޮފީސް އެނަލިސްޓުން ބުނެފިއެވެ.

ވަރުން ދަވަން އަދި ޖެކަލިން ފެނާންޑެޒް ފެނިގެންދާ މި ފިލްމަށް މިހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް 137 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

މިއަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމަކީ "ބަހޫބަލީ 2" ކަމަށްވެސް އެނަލިސްޓުން ބުނެއެވެ. ނަމަވެސް މި ފިލްމަކީ ހިންދީ ބަހުން ޑަބް ކޮށްފައިވާ ފިލްމަކަށް ވުމުން، ބޮކްސް އޮފީހުގެ ހިންދީ ފިލްމު ތަކުގެ ތެރޭ ގުނައިފައެއް ނުވެއެވެ. ބަހޫބަލީއަށް މުޅި ޖުމްލަ 1700 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހިންދީ ބަހުން ޑަބްކުރި ވާޝަންއަށް ވަނީ 510 ކްރޯޑް ރުޕީސް ލިބިފައެވެ. ބަހޫބަލީ އިން ވަނީ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލައިފައެވެ.

ޖުޅްވާ2 އަކީ 1997 ވަނައަހަރު ނެރުނު ޖުޅްވާ މިފިލްމުގެ ރި މޭކެކެވެ. ޖުޅްވާގައި ފެނިގެންގޮސްގައިވަނީ ސަލްމާން ޚާން އާއި ކައިޝްމާ ކަޕޫރްއެވެ. ޖުޅްވާ2 ގައި ހާއްސަ ފެނިލުމަކުން ސަލްމާން ވަނީ ފެނިގެން ގޮސްފައެވެ.

މިއަހަރު ނެރުނު ފިލްމުތަކަށް ބަލާއިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޝާހުރުކްގެ ރައީސް އަށެވެ. އެ ފިލްމަށް 128 ކްރޯޑް ލިބުނުއިރު އަކްޝޭގެ ޓޮއިލެޓް: އެކް ޕްރޭމް ކާތާ އަށް ލިބުނީ 132 ކްރޯޑް ރުޕީސްއެވެ.

comment ކޮމެންޓް