އައްޑޫ ޖަލްސާއަށް ރެކޯޑް އަދަދަކަށް މީހުން ދިޔަ: ޑރ. ހަލީލު

ޑރ. ހަލީލު: އޭނާ ވިދާޅުވީ އައްޑޫ ޖަލްސާއަށް 2،300 މީހުން ދިޔަ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއަށް ރެކޯޑް އަދަދަކަށް މީހުން ދިޔަކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫ ޖަލްސާއަށް 2،300 މީހުން ހާޒިރުވި ކަމަށާ އެއީ ރެކޯޑް އަދަދެއް ކަމަށެވެ.

އަފިރިނަސް ތައްޔާރަ މި ނަމުގައި އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފާތިމަތު އިބްރާހިމާއި ދައުލަތުގެ ބައެއް ވަޒީރުން އަދި ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހަލީލު ވިދާޅުވީ އައްޑޫ ސިޓީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ރައީސް ޔާމީން މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން 1.5 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް