އުރީދޫއަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފި

އުރީދޫގެ ސީއީއޯ ނަޖީބް ހާން އަދި އަލަން އައްޔަން ކުރި މެނޭޖިން ޑިރެކްޓަރު ޚާލިދު އިބްރާހިމް އަލް-މަޙްމޫދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޗެއާމަން ޚާލިދު އިބްރާހިމް އަލް-މަޙްމޫދު ހަމަޖައްސަވައިފި އެވެ.

އުރީދޫއިން ބުނީ ޚާލިދު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު ވިކްރަމް ސިންހާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.
ޚާލިދު އިބްރާހިމަކީ ވަތަނިއްޔާ ފަލަސްތީން ޓެލެކޮމްގެ ވައިސް ޗެއާމަންގެ މާގާމް އަދި ޕާކިސްތާންގެ ވައި ޓްރައިބް ޓެލެކޮމްގެ ޑިރެކްޓާ ވެސްމެއެވެ.
ޑިރެކްޓަރުންގެ ބޯޑުން ވަކިވެ ވަޑައިގެއްނެވި ވިކްރަމް ސިންހަ ވަނީ އުރީދޫގެ ސީއީއޯގެ މަގާމުގައި ތިން އަހަރު ދުވަހު މަސައްކަތް ކޮށްދެއްވާފަ އެވެ. އަދި އަލަށް މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރި ޚާލިދު އިބްރާހިމް އާއެކު ކުންފުންޏަށް އިތުރު ކުރިއެރުމާ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުރީދޫން އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް