ތަހުގީގު ނިމިފައި ހުރި ހެރޮއިން އާއި ކެނަބިސް ނައްތާލައިފި

މަސްތުވާތަކެތި ނައްތައިލުމުގެ މަސައްކަތްކުރަނީ-- ފޮޓޯ: ޕޮލިސް ލައިފް

އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިވާ ހެރޮއިން އާއި ކެނަބިހުގެ އިތުރުން މަސްތުވުމަށް ބޭނުންކުރާ ބޭސްތަކެއްގެ ތަހުގީގު ނިމިފައިވާތީ، އެ ތަކެތި މިއަދު ނައްތާލައިފި އެވެ.

އަންދައި ނައްތާލި މަސްތުވާތަކެތި

  • 663.0004 ގްރާމްގެ ހެރޮއިން
  • 304.7013 ގްރާމުގެ ކެނަބިސް
  • 68 ބޭސް ގުޅަ

އެތަކެތި ނައްތާލާފައި ވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ތަކެތި ނައްތާލުމުގެ ޤަވައިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގައި، ދޫނިދޫގައެވެ.

މިއަދު ނައްތާލާފައި ވަނީ 2008 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި، ތަޙުޤީޤު ނިންމާފައިވާ 760 މައްސަލައެއްގައި ހިމެނޭ 861 ރަބަރު ޕެކެޓާއި 65 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 5 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ 22 ރަބަރު ޕެކެޓާއި އެހެނިހެން 579 އައިޓަމްތައް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 663.0004 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 304.7013 ގްރާމުގެ ކެނަބިސް އަދި 68 ބޭސް ގުޅަ ކަމަށެވެ.

އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާއި ބަނގުރާ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށްވެސް ތަފާތު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ފުލުހުން ވަނީ ނައްތާލައިފައެވެ.

comment ކޮމެންޓް