ހަރިކޭންގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބޭއްވި ކޮންސެޓްގައި އެމެރިކާގެ ކުރީގެ ފަސް ރައީސުން

އެމެރިކާގެ ދެކުނަށާއި އަދި ކެރީބިއަން ސަރަހއްދަށް އެރި ހަރީކޭންއަށް އެހީވުމަށް ބޭއްވި ކޮންސެޓުގައި އެމެރިކާގެ ކުރީގެ ފަސް ރައީސުން

ދާދިފަހުން އެމެރިކާގެ ދެކުނަށާއި އަދި ކެރީބިއަން ސަރަހައްދަށް އެރި ހަރީކޭން ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބޭއްވި ކޮންސެޓުގައި އެމެރިކާގެ ކުރީގެ ފަސް ރައީސުން ބައިވެރިވެެވަޑައިގެންފި އެވެ.

ޓެކްސަސްގައި ބޭއްވި ޝޯގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖިމީ ކާޓާ، ބަރަކް އޮބާމާ، ޖޯޖް ހެންރީ ބުޝް އަދި ޖޯޖް ވޯކާ ބުޝް ވަނީ އެމެރިކާ ރައްޔިތުން ހާލުގައި ޖެހުނު ފަރާތްތަކަށް ވަމުންދާ އެހީތަކަށް ވަރަށް ބޮަޑަށް ތައުރީފުކޮށްފަ އެވެ. އަދި އެ ރައީސުން ވަނީ އެމެރިކާގެ ރައްޔިތުން އިތުރަށް އެހީވުމަށް ވެސް އިލްސިމާސްކޮށްފަ އެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެ ފަސް ރައީސް ކުރެއްވި ކެމްޕެއިންގެ ސަބަބުން 31 މިލިއަން ޑޮލަރު ވަނީ އެއްކޮށްފައެވެ.

"އަޅުގަނޑުމެން އެބަޖެހޭ ގުޅިގެން މަސައްކަތްކޮށް އެމެރިކާއަކީ މިއަށްވުރެ ދަރުމަވެރި ގައުމަކަށް ހަދަން،" ޖިމީ ކާޓާ ވިދާޅުވިއެވެ.

ޖޯޖް ބުސްގެ އަނބިކަނބަލުން ބާބަރާ ބުޝް އަދި ޖޯޖް ވޯކާ ބުޝްގެ އަނބިކަނބަލުން ލައުރާ ބުޝްގެ އިތުރުން އެމެރިކާގެ ސެނެޓަރު އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް ޓެޑް ކްރޫޒް ވެސް ވަނީ އެ އިވެންޓުގައި ބައިވެރިވެ ވަޑައިގެންފައެެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ވެސް ވަނީ އެ ކޮންސެޓުގައި ބައިވެރިވެފައެވެ. ގާގާ ވަނީ ހާލުގައި ޖެހުނުފަރާތްތަކަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށާއި އަދި އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ޑިޕްރެޝަނުން އަރައިގަތުމަށް ޕްރޮގްރާމުތައް ބާއްވާނެ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް