މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ނޮމިނޭޝަންސް ރެކޯޑު އަދަދަކަށް މައްޗަށް!

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑަށް ނޮމިނޭޝަން ހުޝައެޅިފަރާތްތަށް ރިކޯޑު އަދަދަކަށް އިތުރުވެފައިވާކަމަށް މަޓާޓޯއިން ބުނެފިއެވެ.

މަޓާޓޯއިން ބުނީ، މަޓާޓޯއިން އެވޯޑުބާއްވާ ޕީޕަލްސް އެޑިޝަން، ގެސްޓްހައުސް އެޑިޝަން އަދި ގާލާ އެޑިޝަނަށް 403 ނޮމިނޭޝަން ހުށައަޅާފައިވާ ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން އަދި ގާލާ އެޑިޝަނަށް ވޯޓުލުމަށް މިހާރު ހުޅުވާލައިފަވާއިރު މަޓާޓޯއިންބުނީ އެ ދެ އެޑިޝަނަށް 353 ނޮމިނޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

މިފަހަރުގެ ޓްރެވަލް އެވޯޑްސްގައި ޓޫރިޒަމް ދާއިރާގެ އެންމެ ކުރީގައި އުޅޭ ބްރޭންޑްތަށް ބައިވެރިވާ ކަމަށް މަޓާޓޮއިން ބުންޏެވެ. އަދި މި އަހަރަކީ ހޮސްޕިޓާލިޓީގެ ދާއިރާއަށް އާ ބަދަލުތަކަކާއި ކުރިއެރުންތަކެއް ގެނެސް އެ ދާއިރާގައި ހާސިލް ކުރެވޭނެ އާ ލަނޑުދަޑިތަކެއް ދައްކާލެވިގެންދާނެ އަހަރެއްކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ، ގެސްޓްހައުސް އެޑިޝަނަށް ވޯޓުލުމަށް މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ހުޅުވާލައިފަވާއިރު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓްހައުސް އެޑިޝަނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގާލާ އެޑިޝަނަށް ވޯޓުލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފައި ވާއިރު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވޯޓު ލުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

ގާލާ އެޑިޝަން އަދި ގެސްޓްހައުސް އެޑިޝަންގައި ނޮމިނޭޓްވެފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓު ދޭން ބޭނުންވާ ފަރާތްތަކަށް މަޓާޓޯގެ ވެބްސައިޓް http://travelawards.mv/awards އިން އޮންލައިން ވޯޓިންގެ ހިދުމަތް ލިބިގެންދާނެ އެވެ.

މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ދެނީ ތިން އެޑިޝަނަކަށް ބަހާލައިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަންކޮށް، ޖުލައި މަހުގެ ތެރޭގައި "ޕީޕަލްސް އެޑިޝަން" އެވޯޑްސް ބާއްވާފައިވާ އިރު، ގެސްޓްހައުސް ފަތުރުވެރިކަމަށް ޚާއްސަ "ގެސްޓްހައުސް އެޑިޝަން"، މި މަހުގެ 30 ވަނަ ދުވަހު މާފުށީގައި އޮންނާނެ އެވެ. އެއަށްފަހު އަންނަ ނޮވެންބަރު މަހު 23 ވަނަ ދުވަހު އަދާރަން ހުދުރަން ފުށީގައި ގާލާ އެޑިޝަން އޮންނާނެ އެވެ.

comment ކޮމެންޓް