އަމީތާބު އަހަރެންގެ ފިލްމެއް ކުޅުމަކީ އަހަރެންގެ ހުވަފެނެއް: ރޯހިތު ޝެޓީ

އަމީތަބް ލައްވާ އަހަރެންގެ އަމިއްލަ ފިލްމެއް ކުޅުވުމަކީ ހުވަފެނެއް ކަމުގައި ރޯހިތް ޝެޓީ ވަނީ ބުނެފަ

އަމީތާބު ބައްޗަން ލައްވައި ފިލްމެއް ކުޅުވަން ވަރަށް ބޭނުންވާ ކަމަށް ކުޅަދާނަ ަޑައިރެކްޓަރު ރޯހިތް ޝެޓީ ބުނެފިއެވެ.

ރޯހިތު ބުނީ އަބަދުވެސް އޭނާގެ ފިލްމެއް އަމީތާބް ލައްވައި ކުޅުވުމަކީ އޭނާ ހުވަފެނެއްކަމަށާއި އަބަދުވެސް އެކަލަ ވިސްނުމެއް ހުންނަކަމަށެވެ. އަދި އޭނާ އެކަން ކޮންމެވެސް އެއްދުވަހަކުން ކާމިޔާބު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަމީތާބަކީ ބޮލީވުޑްގެ ރަސްގެފާނު. އަހަރެން ވަރަށް ކަމޭހިތާ ވަރަށް ލޯބިވާ ފަންނާނެއް އެއީ. އޭނާ އަކީ އެންމެނަށް ހުރި އިންސްޕަޔަރޭޝަނެއް. އުންމީދު މިކުރަނީ ވަރުގަދަ ކޮމާޝަލް ފިލްމެއް އޭނާ ލައްވައި ކުޅުވަން. އެކަހަލަ ވަރުގަދަ ކެރެކްޓާ އެއް ލިބޭ ދުވަހަކީ އަމީތަބް ގާތަށް އަހަރެން ދާ ދުވަސް. އެއް ދުވަހަކުން އަހަރެންގެ މި ހުވަފެން ކާމިޔާބުވެސް ކުރާނަން،" އޭނާ ބުންޏެވެ.

ރޯހިތު އުފައްދާފައިވާ "ގޯލްމާލް އެގައިން" މިހާރުވެސް ދަނީ ބޮކްސް އޮފީހުގައި ވިދާ ބަބުޅަމުންނެވެ. އޭނާ ބުނީ ދެން އެންމެ އަވަހަށް ފަށާނީ "ސިންގަމް 3"ގެ މަސައްކަތްކަމަށެވެ. ނަމަވެސް އެ ފިލްމަށް ރަނގަޅު ސްކްރިޕްޓެއް އަދި އޭނާއަކަށް ނުލިބޭކަމަށާއި، އަވަސް މުސްތަގްބަލެއްގައި އެ ފިލްމުގެ މަސަކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް