ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިން މިފަހަރު ޝައިހް ހުސައިން ޔީގެ ދަރުހެއް

ދަ ލެގަސީ ދަރުސްގެ ޕޯސްޓަރު -- ފޮޓޯ: ޕީސް ފައުންޑޭޝަން/ ފޭސްބުކް

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ބޭރުގެ ދީނީ އިލްމުވެރިން ރާއްޖެ ގެނެސް ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ދަރުސްތައް ބޭއްވުމުގެ މަގްސަދުގައި ޕީސް ފައުންޑޭޝަނުން މިއަހަރުގެ ޖުލައި މަހު އިފްތިތާހު ކުރި ދަ ލެގަސީ އިވެންޓްގައި މި ޑިސެމްބަރު މަހު ތަގްރީރު ކުރައްވާނީ މެލޭޝިއާގެ ދީނީ އިލްމުވެރިޔާ އައްޝައިޚް ހުސައިން ޔީ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

ޕީސް ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުގެ ސިލްސިލާ އިވެންޓް "ދަ ލެގަސީ" ގައި ތަގުރީރު ކުރައްވައި، ޕީސް ފައުންޑޭޝަނުގެ ދީނީ ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައިހް ހުސައިން ޔީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޝައިހް ހުސައިން ޔީގެ ދަރުސް ޑިސެމްބަރު 28 އަދި 29 ގައި ބޭއްވުމަށް ނިންމާފައިވާ އިރު ޕަބްލިކް ޓޯކް އަދި ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ދީނީ ވޯކްޝޮޕްތައް ވެސް ޝައިހްގެ ދަތުރުފުޅުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ދަ ލެގަސީ ސިލްސިލާގެ ފުރަތަމަ ދަރުސް ޖުލައި މަހު ބޭއްވި އިރު، އެ ދަރުސްގައި ތަގްރީރު ކުރެއްވީ ޑރ. ބިލާލް ފިލިޕްސް އެވެ. އެ ދަރުސްގައި 12000 އެއްހައި މީހުން ބައިވެރިވި ކަމަށާއި ޝައިހް ހުސައިންގެ ދަރުހަށް ވެސް އެފަދަ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް