Sun Online
ދިވެއްސަކު ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި-- :
ދިވެއްސަކު ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި-- :

ތުރުކީން ސީރިއާއަށް ދާން އުޅުނު ދެ ދިވެހިން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް

މުއާވިޔަތު އަންވަރު
ލިޔުނީމުއާވިޔަތު އަންވަރު

ތުރުކީ މަގުން ސީރިއާއަށް އެތެރެ ވާން މަސަތްކަތް ކުރި ދެ ދިވެހިން ހައްޔަރުކޮށްގެން މާލެ ގެނެއިސްފި އެވެ.

ފުލުހުންގޭ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތުރުކީގެ ސަލާމަތީ ބާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސީރިއާއަށް ދާން މަސަތްކަތް ކުރި ދެ ދިވެހިން ހައްޔަރުކޮށްގެން އިއްޔެ މާލެ ގެނައިސްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ ދެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގަ ބައިވެރިވުމަށް އެ ގައުމަށް ދާން އުޅޭ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ވެސް ވަނީ ތުރުކީ އިން ތިން މީހަކު ހައްޔަރުކޮށްގެން މާލެ ގެނެއިސްފައެވެ.

infinity loading...
×
DB released 01.