މާމިގިލީގެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރައްޔިތުންނަށް އުނދަގޫތަކެއް

އދ. މާމިގިލި: އެ ރަށުގެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ކަރަންޓް ކެނޑެމުން ދަނީ ---

ވިލާ ގްރޫޕުން އދ. މާމިގިއްޔަށް ކަރަންޓް ދޫކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލަ ދިމާވެ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިވެއްޖެ އެވެ.

މާމިގިލީ އިންޖީނުގޭގެ މެނޭޖަރު ޖުނައިދު އިބްރާހިމް 'ސަން' އަށް ވިދާޅުވީ އެ ރަށަށް ކަރަންޓް ދެމުންދާ ތިން އިންޖީނުގެ ތެރެއިން 800 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ބައެއްގައި އަލިފާން ހިފައި އެ އިންޖީނު ހުއްޓިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެ އިންޖީނު މަރާމާތުކޮށް ހުއްޓުމެއް ނެތި ކަރަންޓް ދެވޭނެ ގޮތް ހެދުމަށް މަސަތްކަތް ކުރަމުން. ޖަނަރޭޓަރު މަރާމާތު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް މިހާރު ހުރީ މި ކޮޅުގައި،" އޭނާ ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ މާމިގިއްޔަށް ކަރަންޓް ދެމުންދާ ހަތަރު ލައިންގެ ތެރެއިން ކަަރަންޓް ކަނޑަމުންދަނީ ފަހަރަކު ލައިނަކުން ގަޑިއެއްހާ އިރަށް ކަމަށެވެ. ޖަނަރޭޓަރަށް މައްސަލަ ދިމާވިކަން ކައުންސިލްގެ އަޑު ގަދަކުރާއިން މުޅި ރަށަށް އަންގާފައިވާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވިއެވެ.

ނަމަވެސް މާމިގިލީން 'ސަން' އާ ވާހަކަދެއްކި އާންމު ރައްޔިތަކު ބުނީ އިންޖީނުގެއިން ކަރަންޓް ކަނޑާލުމުގެ ކުރިން ގެތަކަށް ނާނގާ ކަމަށާއި އެކަމުގެ ސަބަބުން ގޭ ގޭގައި ގެންގުޅޭ އަގުބޮޑެތި ކަރަންޓް ސާމާނު ހަލާކުވަމުންދާ ކަމަށެވެ.

"ކުރިން އެންގުމަކާ ނުލާ ކަަރަންޓް ކަނޑަމުންދާތީ ސްކޫލާއި ސިއްހީ މަރުކަޒުގެ މަސަތްކަތްކަތަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައި ވަނީ،" އޭނާ ބުންޏްވެ.

އެކަމާ ގުޅިގެން މާމިގިލީ ކައުންސިލްގެ ނައިބް ރައީސް ޝިހާމް މުހައްމަދުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ކޮންމެ ލައިނަކުން ކަރަންޓް ކަނޑާލުމުގެ ކުރިން ލައުޑުން ގޮވަމުން ނުދާ ކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު އެއްފަހަރު ގޮތަކަށް ކަރަންޓް ދާނެ ވާހަކަ ގޮވަމުންދާ ކަމަށެވެ.

comment ކޮމެންޓް