ޝައިހް އިމްރާން އަނބުރާ ޖަލަށް ގެންގޮސްފި

މީގެ ކުރިން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އިމްރާން އަރުވަނީ: ގޭ ބަންދުގައި ބެހެއްޓުމަށްފަހު އިމްރާން ވަނީ މިއަދު ޖަލަށް ގެންގެސްފަ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ގޭ ބަންދުގައި މަހެއްހާ ދުވަހު ބެހެއްޓުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަޙްމަދު ލުގްމާން 'ސަން' އަށް ވިދާޅުވީ އިމްރާން ގެއަށް ބަދަލުކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށާއި މިއަދު އޭނާ އަލުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ ކުރިން ރޯދަ މަސް ނިމެންދެން ގޭ ބަންދަށް ބަދަލުކުރި އިމްރާން، ގޭ ބަންދަށް ގެނައީ އޭނާއަށް އަލަތު ފިރިހެން ދަރިއަކު ލިބުނު ދުވަހުއެވެ.

އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.

comment ކޮމެންޓް