އެމްއެންޔޫއެސްޔޫ އަހުރަ ގޮފީގެ ހޭންޑްބޯޅަ މުބާރާތް ގަމުގައި ފަށައިފި

އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯލް މުބާރާތުގެ ތެރެއިން --

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެންމެންޔޫއެސްޔޫ) ލ. ގަމުގެ ގޮތްޕެއް ކަމަށްވާ އަހުރަ އިން އިންތިޒާމުކޮށްގެން ގަމާއި އެ އަތޮޅު ފޮނަދޫގެ ސްކޫލުތަކާއި ސަރުކާރު މުއައްސަސާތުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ފަށައިފިއެވެ.

އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯލް މުބާރާތުގެ ތެރެއިން --

މި މަހުގެ 19 އިން 28 އަށް ކުރިއަށްގެންދާ އެ މުބާރާތުގެ މަގްސަދަކީ އެމްއެންޔޫ ގަން ކެމްޕަހާއި އަހުރަ ގޮތްޕަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންނާ ގާތް ގުޅުމެއް އޮންނަ ތަނަކަށް ހެދުމެވެ. އޭގެ އިތުރުން އެމްއެންޔޫ ގަން ކެމްޕަހުގައި އޮންނަ ކޯސްތަކަކީ ބައިވެރިންނަށް އުފާވެރި މާހައުލަކަށް ހެދުން ވެސް އެ މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯލް މުބާރާތުގެ ތެރެއިން --

މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ މުކުރިމަގު ސްކޫލް، އިހައްދޫ ސްކޫލް، ހައްމާދު ބިން ހަލީފާ އަލް ތާނީ ސްކޫލް، ބައްރު ޕްރީ ސްކޫލް، ކައްދޫ ސްކޫލް، ޕަބްލިކް ސާވިސް ވޯކް، ފެނަކަ، އެސްޓީއޯ، ގަން ކައުންސިލް، އަތޮޅު ކައުންސިލް، ގަން އަންހެނުންގެ ކޮމިޓީ، އެމްއެންޔޫ ގަން ކެމްޕަސް، ލ. އަތޮޅު ތައުލީމީ މަރުކަރު، ލ. ގަން ހޮސްޕިޓަލު އަދި ދިރާގެވެ.

މުބާރާތުގައި 15 ޓީމަކުން ބައިވެރިވެފައިވާ އިރު، އެ ހުރިހާ ޓީމެއް ވެސް ބަހާލާފައި ވަނީ ހަތަރު ގްރޫޕަކަށެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ. އެގޮތުން މުޅި މުބާރާތުގައި ޖުމްލަ 30 މެޗު ކުޅެވޭނެއެވެ.

އެ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ލ. ގަން ޕޮލިސް ސްޓޭޝަނެވެ.

comment ކޮމެންޓް