ސާޅީހަށް އެޅުމުން ބައެއް ކޮސްމެޓިކްސް ބޭނުން ކުރުން ހުއްޓާލަން ޖެހޭ!

އުމުރުން 40 އަހަރު ވާއިރު ބައެއް ކަހަލަ ކޮސްމެޓިކްސް ބޭނުންކުރުން އެއްކޮށް ހުއްޓާލަން ޖެހޭ ---

އަންހެނުންނަކީ ޒީނަތްތެރި ވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. އެތައް ރުފިޔާއެއް އެކަމަށް ހޭދަކުރާ އިރު ހޭދަކުރަން ޖެހޭ އަދަދަކީ ނަތީޖާ ފެންނަނަމަ އެއްވެސް މައްސަލައެއް ކަމަށް އެމީހުން ނުދެކޭނެ އެވެ. އެތައް ކްރީމަކާއި ސްކްރަބެއް ދުވާލެއްގެ މައްޗަށް ބޭނުންކުރާ މީހުން އުޅެއެވެ. އިރަކަށް ވަކި އެއްޗެކެވެ.

ހަށިގަނޑުގެ ހަންގަނޑަކީ މީހާގެ އުމުރާ އެކު ބަދަލުތަކެއް އަންނަ އެއްޗެކެވެ. އެ ބަދަލާ އެއްވަރަށް ހަންގަނޑުގައި އުނގުޅާ ކޮސްމެޓިކްސްތައް ވެސް ބަދަލުކުރަން ޖެހެ އެވެ. ފަހަރުގައި އެއީ ކުރަން އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އުމުރުން 40 އަހަރުވާ އިރު ބައެއް ކަހަލަ ކޮސްމެޓިކްސް ބޭނުން ކުރުން އެއްކޮށް ހުއްޓާލަން ޖެހެ އެވެ.

މީހާގެ އުމުރުން 40 އަށް އަޅާއިރު ހަންގަނޑު ޑްރައިވެ، ހަރުވެ އެވެ. ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް ތަފާތު މޮއިސްޗަރައިޒާސްތައް ބޭނުންކުރި ނަމަވެސް، އެ އުމުރަށް އެޅުމުން އެ ތަކެތި ދޫކޮށްލަން ޖެހިދާނެ އެވެ.

ލިކުއިޑް އައިލައިނާ: ލިކުއިޑް އައިލައިނާ އަކީ އަވަހަށް ހިކޭ އެއްޗަކަށް ވެފައި އެއީ އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް އޭގެ އަސަރު ކުރާނެ އެއްޗެކެވެ. ލިކުއިޑް އައިލައިނާގެ ބަދަލުގައި، އެ އުމުރުގައި ޖެލް އައިލައިނާ ބޭނުން ކުރެވިދާނެ އެވެ.

ކޭކީ ކޮންސީލާ: އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް ރޫޖެހުން އިތުރުވެ އެވެ. އެކަން ފޮރުވުމަށް ކޮންސީލާ ބޭނުން ކުރާއިރު ކޭކީ ކޮންސީލާއެއްގެ ބަދަލުގައި ލިކުއިޑް ނޫނީ ކްރީމީ ކޮންސީލާއެއް ބޭނުން ކުރާށެވެ. ބޭނުންކުރާނީ ކުޑަ ކޮންސީލާ ކޮޅެކެވެ.

މޫނުގައި ޖަހާ ފުށް: އުމުރުން ދުވަސްވާ ވަރަކަށް މޫނުގައި ފުށްޖެހުމުން ދުރުވާން ޖެހެ އެވެ. ފުށުގެ ބަދަލުގައި މޫނުގައި ކޮންސީލާ ފަދަ އެއްޗެއް ބޭނުން ކުރާށެވެ.

ވޯޓާޕްރޫފް މަސްކަރާ: މިއީ އެސްފިޔައިން ފިލުވަން އުނދަގޫ އެއްޗެކެވެ. މަސްކަރާ އަޅާނަމަ ފަސޭހައިން ފިލުވައިލެވޭ މަސްކަރާ ބޭނުން ކުރާށެވެ. ނޫނީ އެ އުމުރުގައި އެސްފިޔަތައް ނެއްޓަން ފަށައި ފާނެ އެވެ.

comment ކޮމެންޓް