ތެޔޮ ބަރުކޮށްގެން ދަނިކޮށް، އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ބޯޓު އަޑިއަށް ދަނީ: އަލިފާނުގެ ހާދިސާގައި-- ފޮޓޯ/ އެމްއެންޑީއެފް

ޕެޓްރޯލް ބަރުކޮށްގެން ބ. ކެންދޫއަށް ދިޔަ ބޯޓު، އަލިފާން ރޯވުމުން ފަޅުތެރެއިން ނެރެ، ގިރިއެއް ކައިރިއަށް ބޯޓު ގެންދިޔަ ފަހުން އަޑިއަށް ހިނގައްޖެ އެވެ.

ބޯޓު އަޑިއަށް ދާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްއެންޑީއެެފުން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އަޑިއަށްދިޔަ ސަރަހައްދު ވަނީ ކިލަނބުވެފަ އެވެ. އަދި ބޯޓުގެ ތެޔޮ ކަނޑަށް ފެތުރިފައިވެ އެވެ.

ކެންދޫ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވުމުން އެ ބޯޓު ފަޅުން ނެރިފައި --- ފޮޓޯ/ އެމްއެންޑީއެފް

އެ ބޯޓުގައި އަލިފާން ރޯވީ މިއަދު ހެނދުނުއެވެ. އެ ބޯޓުގައި އަލިފާން ރޯވުމުން ކެންދޫ ރައްޔިތުން ވަނީ، އެ ބޯޓު ފަޅުތެރެއިން ނެރެފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުގެ ކައިރީގައި ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ތެޔޮ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ބިދޭސީއަކު ފިހި ޒަހަމްވެފައިވެ އެވެ.

comment ކޮމެންޓް