ރާއްޖޭގެ އިސްތިހާރު ކުރުމަށް ޕިކްމޯލްޑިވްސް އިން ފޮޓޯފޮތެއް ނެރެނީ

ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުން-- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޕިކް މޯލްޑިިވްސްގެ ފަރާތުން "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ގެ ނަމުގައި ފޮޓޯ ފޮތެއް ނެރުމަށް ނިންމައިފި އެވެ.

އެ ފޮތް ލޯންޗް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ބާލިން ފެއާގައެވެ.

ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކްގެ ޕާޓްނަރަކަށް ޕީއެމްއެމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފްތާ ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑާ ރިޢާޔަތު ޢަބްދުލްމަޖީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިން އިބްރާހީމް ނަސްރީނެވެ.

މިއީ ރާއްޖޭގެ ގުދުރަތީ ހިތްގައިމު މަންޒަރުތަކާ، ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަކޮށް ލިޔެފައި ހުންނަ ރިވިއުތައް ހިމަނައިގެން ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ. މި ފޮޓޯ ސްޓޯރީ ބުކް ދުނިޔެގެ 20 ގައުމެއްގައި ނެރުމަށް މިހާރު ނިންމާފައިވާ ކަމަށް ރިޢާޔަތު ވިދާޅުވިއެވެ.

ރިއާޔަރު ވިދާޅުވީ މި ފޮޓޯ ފޮތް ޗާޕު ކުރާނީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ފެންވަރުގައި ކަމަށެވެ.

"މި ފޮޓޯ ބުކްގއި ހިމެނޭނީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ ފޮޓޯއާ އެ ތަންތަނާ ގުޅޭގޮތުން ޓުއަރިސްޓުންގެ ފީޑްބެކް. މި ފީޑްބެކް ހަތަރު ބަހުން ޕަބްލިޝް ކުރާނަން،" ރިއާޔަތު ވިދާޅުވިއެވެ.

comment ކޮމެންޓް