ވިލިގިލީގައި އެކްސިޑެންޓްވެ އަނިޔާވި ފުލުސް މީހާ ބޭރަށް ފޮނުވާލަނީ

ގއ. ވިލިގިލި: އެކްސިޑެންޓުވި ފުލުސް މީހާގެ ހާލު ސީރިއަސް--- ސަން ފޮޓޯ/ ޙުސައިން ޙަސަން

ގއ. ވިލިނގިލީކައިރީ އޮތް ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ގެނބުނު ފުލުސް މީހާ އާއި އޭނާގެ އަންހެނުން ސަލާމަތް ކުރަން ދަނިކޮށް އެކްސިޑެންޓްވެ ޒަހަމްވި ފުލުހުސް މީހާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާދީފި އެވެ.

އެކްސިޑެންޓުގައި ޒަހަމްވެފައިވާ ފުލުހުންގެ ލާންސްކޯޕްރަލް އަހުމަދު ނަދީމްގެ ގާތް މީހަކު ބުނީ އޭނާއަށް ލިބިފައި ވަނީ ސީރިއަސް ޒަހަމްތަކެއް ކަމަށާއި އަދި އައިޖީއެމްއެޗުން ބެއްލެވި ޑޮކްޓަރުން ނަދީމް ބޭރަށް ފޮނުވާލުމަށް ލަފާ ދީފައިވާ ކަމަށެވެ.

އޭނާ ބުނީ ރޭ ނަދީމް މާލެ ގެނެސްފައިވާއިރު އޭނާގެ ސީޓީ ސްކޭނެއް ހަދާފައިވާ ަކަމަށާއި އަދިވެސް ހާލު ގޮސް ކަމަށެވެ.

ނަދީމް މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

އިއްޔެ މެންދުރު ހިނގި އެކްސިޑެންޓްގައި ނަދީމަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ނަމަވެސް އޭނާގެ ސައިކަލުގައި ޖަހުނު މީހާއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ސަން"އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ ޕޮލިސްޓޭޝަނުން ނުކުމެގެން ފަޅުރަށަށް ދިޔުމަށް ވިލިނގިލީ ތުނޑީކޮޅަށް ސައިކަލްގައި ފުލުސް މީހާ ދަނިކޮށް، 18 އަހަރުން ދަށުގެ ކުއްޖަކު ދުއްވި ސައިކަލެއްގައި ޖެހި ކަމަށެވެ.

"18 އަހަރުން ދަށުގެ ކުއްޖާއަކީ ފުލުސް މީހާ އާއި އޭނާގެ އަންހެނުން ގެނބުނު ކަމުގެ މައުލޫމާތު ހިއްސާކުރުމަށް ދިޔަ ކުއްޖެއް،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، އެކްސިޑެންޓުގައި ފުލުސް މީހާގެ ދަތްތަކެއް ބިންދައިގެން ގޮސްފައިވާއިރު، ކަނާތްފަރާތު މޫނު "ޗިސްވެފައިވާ" ކަމަށެވެ.

ނަދީމް ބޭރަށް ފޮނުވާލުމަށް ކުރަމުންދަ މަސައްކަތާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް