ތިލަފުށީގައި ކުނި ބަންދުކުރާ މެޝިނެއް ބެހެއްޓުމަށް ސްވިޑުން ކުންފުންޏަކާ ހަވާލުކޮށްފި  

ތިލަފުށީގައި ކުނިނައްތާލުމަށްޓަކައި ގާއިމުކުރެވޭ އިންސެނެރޭޝަން ފެސިލިޓީއަށް ބޭނުންވާ ވޭސްޓް ބޭލިންގ ސިސްޓަމް ހަރުކުރުމަށް ސޮއި ކުރެވުު ރަސްމިއްޔާތުގެ ތެރެއިން---

ތިލަފުށީގައި ކުނިނައްތާލުމަށް ޓަކައި ގާއިމުކުރާ އިންސެނެރޭޝަން ކުނި އަންދާ މެޝިން) ފެސިލިޓީ އަށް ބޭނުންވާ ވޭސްޓް ބޭލިންގް ސިސްޓަމް، ނޫނީ ކުނި ބަންދުކުރާ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ސުވިޑްންގެ ފްލެކްސަސް ބަލާ ސިސްތަމް އޭބީ އާ 1.75 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަށް ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސޮއިކުރެއްވި އިރު ފްލެކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސޭލްސް ޑިރެކްޓަރު ޕީޓާ ސުވެންސްއެވެ.

އެންވާރަމަންޓު މިނިސްޓްރީން ބުނީ ވޭސްޓްބޭލިން ސިސްޓަމްގާއިމު ކުރުމުގެ އިތުރުން އެ ސިސްޓަމް އޮޕަރޭޓްކުރާނެ ގޮތުގެ ތަމްރީން ވެސް ރާއްޖޭގައި އެ ސިސްޓަމް އޮޕަރޭޓްކުރާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ސޮއި ކުރާތާ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ތިލަފުއްޓަށް ގެންނަ އިންސިއުނޭޓަރުން އެރަށަށް ގެންނަ ނުރައްކާތެރި ކުނި އެންދޭނެ ކަމަށާއި އަދި ކުނި އެންދުމުގެ ސަބަބުން މިހާރު މާލެއާއި މާލެ ކައިރި ރައްތަކަށް ދިމާވާ ދުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި މިއަދު ސޮއިކުރި ބޭލިންގެ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތުގެ ދަށުން ތިލަފުއްޓަށް ގެންދާ ކުނި ބަންދުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

"ތިލަފުއްޓަށް ގެންނަ އިންސިއުނޭޓަރު އަޅުގަނޑުމެން ބޭނުންކުރާނީ ތިލަފުއްޓަށް ގެންނަ ހެޒާޑަސް ކުނި އެންދުމުގައި ބޭނުމުގައި. މާލެ އާއި މާލެ ކައިރި ރިސޯޓުތަކަށް ތިލަފުށީގެ ކުނީގެ ސަބަބުން ހާއްސަކޮށް ކުނި އެންދުމުގެ ސަބަބުން ދުމުގެ ސަބަބުން ހައްލެއް ހޯދުމަށް މިއިންސިއުނޭޓަރު ގެނައުމުގެ ކުރިން ވެސް އަޅުގަނޑުމެން ބޭނުންވެފައި މިތިބީ. އެގޮތުން މިއަދު މި ސޮއކުރެވުނު އެއްބަސްވުމުގެ ދަށުން ބޭލިން އެންޑް ރެޕިން ސިސްޓަމް ބޭނުންކުރާނެ. މީގެ ދެ ސިސްޓަމް ބޭނުންކުރާނެ. މި ސިސްޓަމް ބޭނުންކުރާނީ ތިލަފުއްޓަށް ގެންދާ ކުނި ބޭލްކުރަން." ތޯރިގު ވިދާޅުވި އެވެ.

comment ކޮމެންޓް