ސަޓާ 2017ގެ ފަހުގެ ތައްޔާރީތައް އައްޑޫ ސިޓީގައި ކުރިއަށް!

އީކުއޭޓަރ ވިލެޖު --

މި މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ 2017 އެވޯޑު ހަފްލާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާކަމަށް އެ އިވެންޓް އިންތިޒާމު ކުރާ ފަރާތްކަމުގައިވާ ހައިރައިޒުން ބުނެފިއެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސަޓާ އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ. އަދި އެ އިވެންޓްގައި ބައިވެރިވާ އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުން އަންނަ ފަރާތްތައް ސީދާ ގަމަށް ޒިޔާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ހައިރައިޒުން ބުންޏެވެ. ބޭރުގެ ގައުމުތަކުން ޒިޔާރަތް ކުރާ ފަރާތްތަކުން ގަމަށް އަންނަން ހަމަޖެހިފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށްވެސް ހައިރައިޒުން ބުންޏެވެ.

ރާއްޖެއިން ސަޓާ އިވެންޓްގައި ބައިވެރިވާ ފަރާތްތަކުން އައްޑުއަށް ދާން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ހައިރައިޒުން ބުންޏެވެ.

ސަޓާ އިވެންޓާ ދިމާކޮށް މީގެ ދެ ހަފްތާ ކުރިން އީކުއޭޓާ ވިލެޖް އެއްކޮށްފުރިފައިވާ ކަމަށާއި އެ އިވެންޓަށް ޒިޔާރާތް ކުރާ ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށްޓަކައި ފޭދޫ، މަރަދޫ އަދި ހިތަދޫގެ ގެސްޓްހައުސްތަކުންނާއި ކެނަރީފް އަދި ޝަންގްރީލާ އިން ރޫމް ބުކް ކޮށްފައިވާނެކަމަށް ހައިރައިޒުން މައުލޫމާތުދެެއެވެ.

މި މަހުގެ 27 އިން 29 އަށް ސަޓާ އިވެންޓް ކުރިއަށް ދާއިރު 28 ވަނަ ނުވަހު ބާއްވާ ސަޓާ ގަލާ އެންޑް އެވޯޑްސް ޓީވީއެމް އަދި މޯލްޑިވްސް ޓީވީ އިން ލައިވް ކުރަން ހަމަޖެހިފައިވާކަމާށް ހައިރައިޒްއިން ބުންޏެވެ.

ސަޓާ އިވެންޓްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތަކީ އުރީދޫއެވެ. ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ގަން އެއާޕޯޓް އަދި ދަ ހޯކްސް އެވެ. މީގެ އިތުރުން ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ސްޓޭޖް ކޯ، ކޮކާ ކޯލާ، ގްރޭޕް އެކްސްޕެކްޓޭޝަން، އޭޝިއާ ފޯވާޑިން އަދި އެވަރެސްޓް ކާޕެޓް މެނުފަކްޗާސް އެވެ.

ހައިރައިޒުން ބުނީ، އެ އިވެންޓް ބޭއްވުމަށްޓަކައި ސަރުކާރުގެ ހުރިހާ ވުޒާރާއަކާއި، ސިޓީ ކައުންސިލް، ރެޑް ކްރެސެންޓް، ވުމެންސް ޑިވެލޮޕްމަންޓް ކޮމިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް، އެމްއެންޑީއެފް ސަދަން އޭރިއާ، ޕޮލިސް ސާވިސް، އެމްޕީއެލް، ފެނަކަ، ހައުސިން މިނިސްޓްރީ، އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ އަދި އައްޑޫގެ ޒުވާނުންނާއި ހެޔޮއެދޭ ފަރާތްތަކުން އެއްބާރުލުން ދެއްވާކަމަށެވެ.

comment ކޮމެންޓް