ތުޅާދޫ ނެރަށް އެރި ބާޖު ފަސް ދުވަސް ފަހުން ފުންކޮށްފި

ތުޅާދޫ ނެރުމައްޗަށް ބާޖު އަރާފައި އޮތްއިރު އޭތި ފުން ކުރުމުގެ މަސަތްކަތުގައި ޓަގު ބޯޓް ހަރަކާތްތެރިވަނީ --- ފޮޓޯ: ކައުންސިލް

މިދިޔަ އާދިއްތަ ދުވަހު ތުޅާދޫ ނެރަށް އެރި ބާޖު ފަސް ދުވަސް ފަހުން ރޭ ފުންކޮށްފި އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު 'ސަން' އަށް ވިދާޅުވީ ބާޖު ފުންކުރީ ރޭ ދަންވަރު 12 ޖަހަން ގާތް ވެފައި ވަނިކޮށް ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން އެ ރަށުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ ބަރުކޮށްގެން ދިޔަ ބާޖު ނެރުމައްޗަށް އެރީ މިދިޔަ އާދިއްތަ ދުވަހު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލުން ބުންޏެވެ.

ނެރަށް ބާޖު އެރުމުގެ ސަބަބުން އެ ރަށުގެ ބަނދަރުން އެއްވެސް ދޯންޏަކަށް އަދި ބޯޓަކަށް ވެސް ނުނިކުމެވި ތާށިވުމުން ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ނަމަވެސް ނެރު ހުޅުވުމާ އެކު މާލެ ދަތުރުކުރާ ބޯޓް ވެސް ރަށަށް މުދާ ގެނައުމަށް މިހާރު ވަނީ މާލެއަށް ފުރައިފަ އެވެ.

comment ކޮމެންޓް