މާސެލޯ ޓެކްސް އަށް މަކަރު ހެދިކަމުގެ މައްސަލަތަކެއް ފެންމަތި ވެއްޖެ

ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ--

ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ ޓެކްސް އަށް މަކަރު ހެދި ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްޕެއިންގެ ކަމާ ގުޅޭ އިދާރާއިން ވަނީ، މާސެލޯގެ މައްޗަށް ގާތްގަނޑަކަށް 490،000 ޔޫރޯގެ އަދަދަކުން ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

މާސެލޯ ވަނީ 2013 ވަނަ އަހަރު އިމޭޖް ރައިޓާއި އާމްދަނީ ބެލެހެއްޓުމަށް އެހެން ގައުމެއްގެ ކުންފުންޏެއްގެ ބޭނުންކޮށް ސްޕެއިންގެ ޓެކްސް އިދާރާ އަށް އޮޅުވާލާފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

ސްޕެއިންގެ އިދާރާތަކުން ބުނީ، 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު މާސެލޯ، ސްޕެއިންގެ ޓެކްސްގެ އޮނިގަނޑު ބޭނުން ކޮށްގެން ނާޖާއިޒު މާލީ ފައިދާ ހޯދާފައިވާ ކަމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓަރގެ އޮފީހުން ބުނެ އެވެ.

މާސެލޯގެ އިތުރުން މީގެ ކުރިން ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އަދި ޑިފެންޑާ ހާވިއޭ މަޝަރާނޯގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.

comment ކޮމެންޓް