އެސްޓީއޯ އިން ފެށި ލައްކަ ސާމާނު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ލައްކަ ސާމާނު ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިން ހޮވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަސް ލައްކަ ރުފިޔާގެ މުދާ ލިބޭގޮތަށް ކުރިޔަށް ގެންދިޔަ "ލައްކަ ސާމާނު" ޕްރޮމޯޝަން ނިންމައި ނަސީބުވެރިން ހޮވައިފި އެވެ.

އެސްޓޯއޯ އިން މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފަސް މަސްވަންދެން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވީ މިއަދު އެސްޓީއޯގެ ކޮންސްޓްރަކްޝަން ވެއާ ހައުސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެސްޓޯއޯގެ ޕްރޮމޯޝަންގައި ނަސީބުވެރިންގެ ގޮތުގައި ހޮވި އެއްލައްކަ ރުފިޔާގެ ސާމާނު ހާސިލް ކުރާ ފަރާތްތަކަކީ ކޮންޑައިއާ ޗުއްކާ، މުހައްމަދު ނައީމް، މުހައްމަދު ޝިޔާޒް، އަހުމަދު ސަމީހް އަދި ޒުހޭރާ އާދަމް އެވެ.

އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެސްޓީއޯގެ ސޭލްސް އިތުރުކުރުމާއި ޕްރޮޑަކްޓްސްތައް ޕްރޮމޯޓް ކުރުން ކަމުގަ އެވެ. އަދި ޕްރޮމޯޝަން ނިމިގެންދިޔަ އިރު އެ މަގްސަދު ވަރަށް ރަނގަޅަށް ހާސިލް ވިކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ލައްކަ ސާމާނު ޕްރޮމޯޝަންގައި ނަސީބު ވެރިންގެ ގޮތުގައި ހޮވުނު ފަސް ފަރާތަށް އަންނަ ހަފްތާގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ސާމާނު ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް